ހުޅުމާލެ ހޮސްޕިޓަލުގައި އެސްޓީއޯއިން ސެންޓްރަލް ސްޓެރައިލް ސާވިސަސް ޑިޕާޓްމެންޓް (ސީއެސްއެސްޑީ) ތަރައްގީކޮށްދޭން ނިންމައިފި އެވެ.
އެސްޓީއޯއިން ބުނީ ސީއެސްއެސްޑީއަކީ ހޮސްޕިޓަލްތަކުގައި އާންމުކޮށް ބޭނުންކުރާ ތަކެތި (އިންސްޓްރޫމެންޓް، ގޯޒް، ކޮޓަން، ޑްރެސިންގައި ބޭނުންކުރާ ތަކެތި) ސާފުކޮށް، ޖަރާސީމު ނައްތާލައި، ސްޓެރިލައިޒްކުރުމަށް ބޭނުންކުރެވޭ ޑިޕާޓްމެންޓެއް ކަމަށެވެ.
"ކޮންމެ ހޮސްޕިޓަލަކަށްވެސް ސީއެސްއެސްޑީ އެއް ވަރަށް މުހިންމު. އޮޕަރޭޝަން ތިއޭޓަރފަދަ ތަންތަނުގައި ބަލިމީހާއަށް އެންމެ ރައްކާތެރިކޮށް ފަރުވާދެވޭނީ ރަނގަޅު ސީއެސްއެސްޑީއެއް ހުރެގެން،" އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯއިން ބުނީ ހުޅުމާލެ ހޮސްޕިޓަލަކީ ކުރިއަރަމުން އަންނަ، އަދި ބަލިމީހުން ޚިދުމަތް ހޯދާވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ހޮސްޕިޓަލަކަށް ވާތީ، މި ހޮސްޕިޓަލަށް ޒަމާނީ ފެންވަރުގެ ސީއެސްއެސްޑީއެއްގެ ބޭނުން ވަރަށް މުހިންމު ކަމަށެވެ. އެގޮތުން ސްޕެއިންގެ ކުންފުންޏެއް ކަމަށްވާ "މަޓަޗާނާ" ބްރޭންޑަކީ މި ދާއިރާގައި ކުރިއަރާފައިވާ ތަޖުރިބާހުރި ކުންފުންޏެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
"ދިވެހި ރާއްޖޭގައި ވެސް މި ބްރޭންޑްގެ ސްޓެރިލައިޒޭޝަން އިކުއިޕްމެޓް އެސްޓީއޯގެ ފަރާތުންވަނީ އިންސްޓޯލްކޮށް ޚިދުމަތް ފޯރުކޮށްދީފައި. އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ، އައިޖީއެމްއެޗްގެ ސީއެސްއެސްޑީއަކީ މަޓަޗާނާގެ ފުލީ އިކުއިޕްޓް ސެޓަޕެއްކަން،" އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން މަޓަޗާނާއާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް އެންމެ އެކަށޭނެ ސެޓަޕެއް ކުރަހައި، މި ޑިޕާޓްމެންޓްގެ އިންޓީރިއާ ހުރިހާ މަސައްކަތަކާއި، އިކުއިޕްމެންޓްތައް ގެނައުމާއި، އިންސްޓޯލްކުރުން އަދި ބޭނުންވާ ޓްރެއިނިންތައް ދިނުމަށް ދަށުން އެއްބަސްވެފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި މަސައްކަތް އެސްޓީއޯގެ ފަރާތުން ނިންމުމަށް ހަމަޖެހިފައި ވަނީ 262 ދުވަހުންނެވެ.
އެސްޓީއޯއިން އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގެ ސިއްޚީ ދާއިރާއަށް ވެދެވޭނެ އެންމެ އެކަށީގެންވާ އަދި އެންމެ ފުރިހަމަ ހައްލުތަކާއި އެހީ ވެދިނުމަށްކަމަށްވެފައި، އާންމު ރައްޔިތުންނަށް އެކަމެއްގެ ސަބަބުން ވީހާވެސް ބޮޑު މަންފާއެއް ލިބޭނެފަދަ ކަންތައްތައް ކުރުމަށް އިސްކަންދެވޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
ޔުނިސެފުން ރާއްޖެއަށް 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި
އަޖޭގެ އާ ފިލްމާއެކު ކަޝްމީރުގައި މައްސަލަ ހޫނުވެއްޖެ
ހޫނުގަދަވެ ޖަރުމަނުގައި 5000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ