މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނާރަން ޖުމްހޫރީ ޕާޓީން ނިންމައިފި އެވެ.

ޖުމްހޫރީ ޕާޓީން އެގޮތަށް ނިންމީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ފަރާތުން ވެސް ވަނީ ގާސިމާ ބައްދަލުކޮށްފައެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ބައްދަލުކުރެއްވީ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފެވެ.

އެމްޑީޕީގެ ފަރާތުން ބައްދަލުކުރެއްވީ ސީދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު ވަނީ ގާސިމާ ބައްދަލުކުރެއްވުމަށް ދެ ދުވަސް ވަންދެން ސަން އައިލެންޑްގައި މަޑުކުރައްވާފަ އެވެ.