ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްފި އެވެ.

ރައީސް ޔާމީން ދާދި ދެންމެއަކު ވަނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން މާލެ ގެނެސްފަ އެވެ. އެމަނިކުފާނު ގެއަށް ވަޑައިގަންނަވާ އިރު އެމަނިކުފަނުގެ ސަޕޯޓަރުންވަނީ އެސަރަހައްދަށް ޖަމާވެފަ އެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރަން ނިންމީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާ އެކު ރައީސް ސޯލިހު މިއަދު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު އެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މުއިއްޒު ވަނީ ރައީސް ޔާމިން ގެއަށް ބަދަލުކޮށްދެއްވުމަށް ސަރުކަރަށް ގޮވާލައްވައިފަ އެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ޞޯލިހުއަށް ދަންނަވާ ކަމަށެވެ.

ޔާމީން ގެއަށް ބަދަލުކުރައްވާތީ ސަޕޯޓަރުން އެމަނިކުފާނުގެ ގެކޮޅު ހިމެނޭ ސަރަހައްދުގައި

މުއިއްޒު ވިދާޅުވީ ރައިސް ޔާމީން ގެއަށް ބަދަލުކުރުމަކީ ރައީސް ޞޯލިހުއަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަކީ މިއަދު މި ގައުމުގެ މަސްލަހަތަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ވ. އާރަށު މައްސަލައިގަ އެވެ. އެ ޖަލު ހުކުމް ފަސްކޮށްދެވެން ނެތް ކަމަށް ހައިކޯޓުން ދާދި ފަހުން ވަނީ ނިންމަވައިފަ އެވެ. މި މައްސަލައިގެ އިސްތިއުނާފު ކުރިއަށްދާއިރު އެމަނިކުފާނުގެ މައްޗަށް ރ. ފުއްގިރި މައްސަލަ ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެ އެވެ.