އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަަށް ލިބިވަޑައިގަތީ 129،159 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒާ ކޯލިޝަން ހަދާފައި ވަނީ އެމްއެންޕީ އާއި އެމްޑީއޭ އެވެ. ފުރަތަމަ ބުރުގައި އެމްޑީއޭ އިން ރައީސް ސޯލިހާ ކޯލިޝަން ހެދިނަމަވެސް ވޯޓުލާން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އެމްޑީއޭ އިން ވަނީ އެމަނިކުފާނަށް ކުރި ތާއީދު އަނބުރާ ގެންގޮސްފަ އެވެ.

ރައީސް ސޯލިހާއެކު ކޯލިޝަން ހެދީ އަދާލަތު ޕާޓީން އެކަންޏެވެ. ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ގިނަ މެމްބަރުން ވެސް ވަނީ އެމަނިކުފާނަށް ތާއީދު ކުރައްވާފަ އެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒާއި ރައީސް ސޯލިހު މިއަދު ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި ވެރިކަން ބަދަލުކުރުމުގެ ކަންކަން ކުރިއަށްގެންދިޔުމަށް މިއަދު ވަނީ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.