ޓްރީ ޓޮޕް ހޮސްޕިޓަލުގެ (ޓީޓީއެޗް) ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ބ. އޭދަފުށީގައި މުޅިން އައު ކޮންޓެކްޓް ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކަށް އޮންނަ ޑިމާންޑް އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. އެހެންކަމުން އޯޕީޑީ އާއި އައިޕީޑީގެ ހިދުމަތްތަށް ލިބިގަންނަ މެހެމާނުންގެ އަދަދު އިތުރުވެފައިވާއިރު، ހޮސްޕިޓަލަށް ގުޅުއްވައިގެން ފޯނުގައި މަޑުކުރައްވަންޖެހޭ ވަގުތު މަދުކުރުމަކީ މި ކޮންޓެކްޓް ސެންޓަރުގެ އެންމެ ބޮޑު އެއް މަގުސަދެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހި މުވައްޒަފުންނާއި ރާއްޖެއިން ބޭރުގެ މުވައްޒަފުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް އަދި ވަޒީފާގެ ފަހި ފުރުސަތުތައް ފުޅާކުރުމަށް މަގުފަހިކޮއްދޭ ކުންފުންޏެކެވެ.

މިއަދު ހިދުމަތް ފަށާފައިވާ މި އައު ކޮންޓެކްޓް ސެންޓަރު ހުޅުވުމުގެ މަގްސަދަކީ ޓްރީ ޓޮޕް ހޮސްޕިޓަލާއި ޓީޓީއެޗް މާލޭ ކްލިނިކް ގެ ހިދުމަތްތަކަށް އަވަސް އަދި ފަސޭހަ ގޮތެއްގައި އެޕޮއިންޓްމަންޓާއި ބުކިން ހެއްދުމަށް މަގުފަހި ކޮއްދިނުމެވެ. ކޮންޓެކްޓް ސެންޓަރު ޓީމު ފުޅާކުރުމަކީ ހޮސްޕިޓަލްގެ ކެޕޭސިޓީ އިތުރުކުރުމާއި، ހިދުމަތް ލިބޭނެ މަގު ފަސޭހަކޮއްދިނުމާއި، މެހެމާނުންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމަށް އެކުލަވާލާފައިވާ އިސްތިރާޖީ ޕްލޭންގެ ބައެކެވެ.

ކޮންޓެކްޓް ސެންޓަރު ޓީމްގެ ހުރިހާ އާ މުވައްޒަފުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ހާއްސަ ތަމްރީންތަކެއް ހިންގާފައިވެ އެވެ. މިއީ ދެވޭ ހިދުމަތްތައް ފެންވަރު ރަނގަޅު ގޮތެއްގައި ދިނުމަށެވެ.