ތިނަދޫ ސިޓީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް ދީދީ (މަރިޔަމް ދައްތަ) މިއަދުގެ ވަގުތެއްގައި ނިޔާވެއްޖެ އެވެ.
ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ އަލީ ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ތިނަދޫގެ ހުރިހާ ރައްޔިތުންގެ ލޯބި ލިބިފައިވާ މަރިޔަމް ދައްތަ އަކީ ލޯފަން މީހެކެވެ. "ފެންމީރުވި ރީތި ރަށޭ މިއީ، ރޫހުވަނީ ތިނަދޫގައޭ" ދިވެހީންގެ މަގުބޫލުކަން ހޯދާދައިވާ އޭނާގެ ލަވައެވެ.
މަރިޔަމްދައްތަ ނިޔާވީ އުމުރުން 73 އަހަރުގަ އެވެ.
ތިނަދޫ ކައުންސިލުން ބުނީ މަރިޔަމް ދައްތަ ނިޔާވުމަކީ އެރަށަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.

އެމްޑީޕީން އިންތިހާބާ ގުޅޭ ކަންބޮޑުވުން އީސީއާ ހިއްސާކޮށްފި
ޒަހަމްވި ނަމަވެސް މޮޖްތަބާ ހާމަނާއީ މަސައްކަތުގައި އުޅުއްވާ
އައްޑޫގެ ތަރައްގީއަށް އެހީވާން ބީއެމްއެލް ތައްޔާރު: ޝަރީފް
