މެލޭޝިޔާގެ އިމާރާތެއްގެ 14 ވަނަ ފްލޯ އިން ވެއްޓި ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މެލޭޝިޔާގެ ވެރިރަށް ކުއާލަލަންޕޫރުގައި މިއަދު ރާއްޖެގަޑިން ހަވީރު 16:00 ގައި ހިނގި އެ ހާދިސާގައި މަރުވީ އައްޑޫ ސިޓީއަށް ނިސްބަތްވާ ޒުވާން ފިރިހެނެކެވެ.
އުމުރުން 22 ވަނަ އަހަރުގެ އެ ޒުވާނާ އަކީ މެލޭޝިޔާގައި ކިޔަވާ ދަރިވަރެކެވެ. މި ހާދިސާ ހިނގި ގޮތުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
މިކަމާ ގުޅޭގޮތުން ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްވެސް ބަހެއް އަދި ބުނެފައެއްނުވެ އެވެ.
"އޭޕްރީލް ފޫލްސް ޑޭ"ގެ ސިއްރަކީ ކޮބާ؟
ބީއެމްއެލްގެ ކޯޕަރޭޓް ނިންމުމާއެކު ހިއްސާގެ ބާޒާރުގެ މާކެޓް މަތި!
ވޯޓުލާ ދުވަހު މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުން މަނާ
