ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މޯލްޑިވްސް ސާފިން އެސޯސިއޭޝަން އާ އެކު ގައުމީ ޖޫނިާއ ސފިާން ޗެންޕިއަންޝިޕަށް ބީއެމްއެލް އިސްލާމިކް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި އިއްޔެއިން ފެށި މިމަހުގެ 21 ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި 16 ރާޅާ އެޅުންތެރިން ވާދަ ކުރެ އެވެ.

ކުރިއަށް އޮތް އަހަރަށް ގައުމީ ޖޫނިއާ ސާފިން ޓީމު އެކުލަވާލުމުގެ މަގުސަދުގައި ބާއްވާ ޖޫނިއާ ޗެމްޕިއަންޝިޕްގައި މިއަހަރު ޓީމް އިވެންޓް ބާއްވަނީ މުޅިން އަލަށެވެ. ޓީމް އިވެންޓް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ޒުވާން އެތުލީޓުންނަށް ޓީމެއްގެ ގޮތުގައި ވާދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އެމްއެސްއޭ އިން ބުނެ އެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ އެކި ކުޅިވަރުތައް ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމާއަތެކެވެ. އަދި ރާއްޖެތެރޭގައާއި އެހެނިހެން ތަންތަނުގައި ބާއްވާ ހަރަކާތްތަކުގައި އެހީތެރިކަން ފޯރުކޮށްދެ އެވެ.