ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އައްޑު އަށް ގެނައީ މަދިރި ފަނީގެ ތަރައްގީ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ އަހުމަދު ތޯރިގް (ޓޮމް) މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރަން ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހިތަދޫގައި ބޭއްވި ބައްދަލުވުމުގައި ތޯރިގް ވިދާޅުވީ ރައީސް ސޯލިހް މި ފަސް އަހަރުގެ ކުރީކޮޅު ވެސް އައްޑު އަށް ވަޑައިގެން ވިދާޅުވީ، އައްޑޫ ތަރައްގީ ނުވެ، މުޅި ރާއްޖެ ތަރައްގީ ނުވާނެ ކަމަށެވެ. މި ފަހަރުގެ ރިޔާސީ ކެމްޕެއިންގައި ވެސް އައްޑޫގައި އެ މަނިކުފާނު ވިދާޅުވީ، ހަމަ އެހެން ކަމަށް ތޯރިގް ވިދާޅުވި އެވެ.
"2018 ގެ އިންތިޚާބުގެ ކެމްޕޭނުގަވެސް ހަމަ ލިޔުނީ އައްޑޫ ތަރައްގީނުވެ ރާއްޖެ ތަރައްގީ ނުވާނެކަން. ހަމައެހެންމެ ސްޕީޗް އެޑިޓްކޮށްލާފަ ފަސް އަހަރު ލިޔުނީވެސް އައްޑޫ ތަރައްގީނުވެ ރާއްޖެ ތަރައްގީނުވާނެކަން." ތޯރިގް ވިދާޅުވި އެވެ.
ތޯރިގް ވަނީ އައްޑޫގެ ކޮންމެ ގެއަކުން ނުކުންނަ އިރު، އެ ގެގޭ ދޮރުމަތީގައި މަދިރި ފެންގަނޑެއް ހަދާފައި އޮންނަ ކަމަށް ވިދާޅުވެފަ އެވެ.
"ކޮންމެ ގެއަކުން ނުކުންނައިރު، އެ ގެގޭ ދޮރުމަތީގައި މަދިރިފެންގަނޑެއް އެބައޮތް ހަދާފައި. އެ ނޫން ތަރައްގީއެއް ރައީސް ސޯލިހަށް ފަސް އަހަރު ދުވަހުގެ ތެރޭގައި މި ސިޓީއަށް ގެނެވިފައެއް ނެތް،" ތޯރިގް ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ ޕީޕީއެމް/ޕީއެންސީން މި ފަސް އަހަރުގެ ތެރޭގައި މި ކުރި މަސައްކަތުގެ ފޮނި ނަތީޖާ ލިބޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިހާބު ކާމިޔާބު ކޮށްގެން ކަމަށެވެ. އައްޑޫ ސިޓީއަކީ އެމްޑީޕީގެ އައްޑާއެއްގެ ގޮތުގައި އޮތް އޮތުން ބަދަލު ކުރެވޭނީ ވެސް އައްޑޫ ރައްޔިތުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ، އައްޑޫގެ 8 ގޮނޑި ޕީޕީއެމް/ޕީއެންސީ އަށް ކާމިޔާބު ކޮށްދީ، އެއީ "ވަތަނީ ފިކުރު" ގެ ތަނަކަށް ހެދުމުގެ ހިތްވަރު ހުންނަން ވާނެ ކަމަށެވެ.
ތޯރިގް ވިދާޅުވީ، ވަރުގަދަ ސަރުކާރެއް ބަލިކުރުމަށް މިދިޔަ ފަސް އަހަރު ރައްޔިތުންގެ މަޖިލިހުގައި އިދިކޮޅު ޕާޓީގެ ގޮތުގައި ޕީޕީއެމް މަސައްކަތް ކުރީ އަށެއްކަ މެމްބަރުންނާ އެކު ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިހުގައި އައްޑު އަށް ހާއްސަ ކޮށްފައިވާ 8 ގޮނޑި އަންނަ އަހަރުގެ ބާއްވާ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ކާމިޔާބު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން ކުރިމަތީގައޭ ޑރ. ޖަމީލު ބުނި އެއްޗެއް ބުނީ ސިއްރުން ނޫނޭ އަދުރޭ އަށް އެރޭ އެޖަލްސާ އަށް ދާން ދައުވަތު ދިނުމުން ގަސްތުގައި ނައިސް ފިލީ އެއް ނޫންތޭ ތިޔާ މުއިއްޒު ފުރަން އެއާރޕޯރޓަށް ދާން ޖެހުމުން އަންބާ ކިޔާ އަދުރޭ ނުޖެހެއޭ ޕީޕީއެމް ހުރިހާ އިސްމީހުން ގޮވައިގެން ދާން ހުޅުލެ އަށް އެއީ ސީދާ އަދުރޭގެ ނުބައި ރޭވުމުގެ ތެރޭން އަދުރޭ ކުރިކަމެކޭ އަދި އެވަރުން ނުވެގެން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ޖަލްސާ އަށް އައުމުން އޭނާވެސް ގެންދިޔައީދޯ ހަމަ އަދުރޭ ދޯން ޝިޔާމަށް ފޯން ކޮށްފައި ބުނީ