ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންފޯމަރެއްގައި ރޯވެ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިފައި ވަނިކޮށް، އެއް ޓަވަރު ފިޔަވަހި އެހެން ޓަވަރުތަކަށް އަލުން ކަރަންޓް ދީފި އެވެ.

ކަރަންޓް ކެނޑިފައި ވަނީ ހިޔާ ޓަވަރު 5،6،7،8 އިންނެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓް ކެނޑުނީ އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ބަހައްޓާފައިވާ ޓްރާންސްފޯމަރު ތަކުގެ ތެރެއިން ޓްރާންސްފޯމަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން ކަމަށެވެ.

އެ ފްލެޓްތަކަށް އަލުން ކަރަންޓް ދިނީ ކަރަންޓް ދިނުމަށްޓަކައި ސްޓެލްކޯއިން ކުރި މަސައްކަތުންނެވެ. ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓް ކެނޑުނީ މިރޭ 8:00ގަ އެވެ.

ސްޓެލްކޯއިން ބުނީ ތިން ވަނަ ޓަވަރަށް ކަރަންޓް ދިނުމަށްޓަކައި ދެ ގަޑިއިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މީގެކުރިން ވެސް ދޭތެރެ ދޭތެރެއިން ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓް ކެނޑެއެވެ.