ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ކަމުގެ މަގާމަށް އެމްޑީޕީގެ ހަތަރު މެމްބަރަކު ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އީވާ އަބްދުﷲ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން މިއަދު އިސްތިއުފާ ދެއްވާފައިވާއިރު އެމަގާމަށް މެމްބަރަކު ހޮވުމަށް މިރޭ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން މިރޭ 08:30 ގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އެމްޑީޕީގެ ބައެއް މެންބަރުން އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އެގޮތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި، ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ.

އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ނައިބު ރައީސް ކަމަށް ކުރިމަތިލާނޭ ފަރާތެއް ހޮވުމަށް މިއަދު އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އަދި އެބައްދަލުވުމުގައި ސިއްރު ވޯޓެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.