ހަކުރު ބައްޔަކީ ދިވެހިންގެ މުޖުތަމައުގައި ވެސް އާއްމު ވަމުން އަންނަ ބައްޔެކެވެ. ކުރީކޮޅުގައި ދެނެގަނެވިއްޖެނަމަ އެކަމުން ލިބޭ ހިތި ނަތީޖާތައް ދުރުކޮށްދޭނެ ބައްޔެކެވެ. އެހެން ކަމުން މި ބަލާލަނީ ހެކުރު ބަލީގެ ފުރަތަމަ އަލާމާތްތަކަށެވެ.

ގިނައިން ކުޑަކަމުދެވުން

ހަކުރު ބަލި ހުންނަ ނަމަ ފެންނާނެ އާލަތްމަތްތަކުގެ ތެރޭގައި ގިނަގިނައިން ކުޑަކަމު ދެވުން ހިމެނެ އެވެ. ސަބަަބަކީ ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުވާ ވަރަކަށް، އެ ހަކުރު "ފުރޭނުމަށްޓަކައި" ހަށިގަނޑުން ކިޑްނީއަށް ލޭ ފޮނުވާ މިންވަރު އިތުރުވެ، ކިޑްނީން ކުޑަކަމުދާ ނަޖިސް އުފައްދާ މިންވަރުވެސް އިތުރު ވުމެވެ.

އަނގައިން ނުބައި ވަސް ދުވުން

ގިނަގިނައިން ކުޑަކަމު ދިޔުމުގެ ސަބަބުން ބަނޑުހައި ވާނެ އެވެ. ބަނޑުހައިވި ވަރަކަށް އަނގަ ތެރޭގައި ދުވާ ވަހަށް ބަދަލުތައް އަންނާނެއެވެ. ރިސާޗް ތަކުން ބުނާ ގޮތުން ހަކުރު ބަލި ހުންނަނަމަ އަނގައިން ދުވާ ވަސް ނުބައިވާނެ އެވެ. އަދި ލޭގެ ހަކުރު ލެވެލް މައްޗަށް ދާނަމަ، އިންފެކްޝަން އުފެދި ހަށިގަނޑުގެ އެކި ގުނަވަންތަކަށް ނޭދެވޭ އަސަރު ފޯރާނެ އެވެ.

ލޯ ފުސްވުން

ލޮލަށް ފެންނަގޮތް ނުސާފުވުމަކީ އާއްމުގޮތެއްގައި ޑައިބެޓިސް ހުންނަ އަންހެނުންނަށް ފެންނަ އަލާމަތެކެވެ. ސަބަބަކީ ހަކުރު މައްޗަށް ދިޔަ ވަރަކަށް ލޮލުގެ ލެންސަށް ލިކުއިޑް އެތެރެވާތީ އެވެ.

ސަބަބަކާނުލާ ބަރުދަން ލުއިވުން

އިންސިއުލިން ހަށިގަނޑުގައި މަދުނަމަ، ހަށިގަނޑުގައި ހުންނަ ފެޓް އަށާއި މަސްތަކަށް އަސަރު ކުރާނެ އެވެ. މީގެ ސަބަބުން ބަރުދަން ލުއިވެ އެވެ.