ރާއްޖެ އިން "ޗައިނާ ވަން" ސިޔާސަތުގައި ދެމިތިބޭނެ ކަމަށާއި ޓައިވާންއާ އެކީގައި ރަސްމީ އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ޓައިވާނުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އާންމު އިންތިހާބު ޗައިނާއާ ދެކޮޅު ކެންޑިޑޭޓް ލައި ޗިންގް ޓޭ ވަނީ ކާމިޔާބުކޮށްފަ އެވެ. ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އިންތިހާބު ކާމިޔާބު ކުރުމުން ބައެއް ގައުމުތަކުން ވަނީ ލައި ޗިންގް އަށް މަރުހަބާ ކިޔައިފަ އެވެ. ޓައިވާނުން ވެރިއަކު އިންތިހާބު ކުރިއިރު، ޗައިނާ އިން އެކަމެއް ގަބޫލެއް ނުކުރެ އެވެ. ޗައިނާ އިން ގަބޫލު ކުރާ ގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ. ޓައިވާނަކީ ވަކި ގައުމެއްގެ ގޮތުގައި ދުނިޔޭގެ ބައެއް ގައުމުތަކުން ވެސް ބަލައިނުގަނެ އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގައި އޮތީ "އެންމެ ޗައިނާއެއް" ކަމަށާއި، ޗައިނާ ސަރުކާރަކީ މުޅި ޗައިނާ ތަމްސީލުކުރާ ހަމައެކަނި ގާނޫނީ ސަރުކާރު ކަމަށެވެ. ޓައިވާނަކީ ޗައިނާގެ ސަރަޙައްދުން ވަކިނުކުރެވޭނެ ބައެއް ކަމަށެވެ.

މުއިއްޒުގެ ވެރިކަން ވައްޓާލަން ސިފައިން ފޮނުވަން އިންޑިއާގެ ލީޑަރަކު ހިތްވަރު ދެއްވައިފި

ރައީސް މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް މުހުލަތެއްދީފައިވާތީ އެކަމާ ހިތްހަމަޖެހިވަޑައިނުގެން ސުވާމީ ވަނީ މުއިއްޒުގެ މި އެންގެވުމާ ގުޅިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އިންޑިއާގެ މޫނުމަތީގައި ތަފާލެއް ޖަހާނީތޯ ސުވާލު ކުރައްވައިފަ އެވެ. ނޫން ނަމަ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާނދީ ރާއްޖެ އަށް ސިފައިން ފޮނުވި ގޮތަށް، ވެރިކަމުން މުއިއްޒު ބާލަން އިންޑިއާގެ އެއްގަމާއި ކަނޑާއި ވައިގެ ސިފައިން ފޮނުވާނީތޯ އައްސަވައިފަ އެވެ.

ސަބްރަމާނިއަންގެ ވާހަކަތައް އެމްޑީޕީން ކުށްވެރިކޮށްފި

އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ވަނީ ސަބްރަމާނިއަން ދެއްކެވި އެ ވާހަކައަކީ ދިވެހި ރައްޔިތުންނާއި އިންޑިޔާގެ ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން ދެއްކި ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަމަށެވެ.

އެމްޑީޕީން ވަނީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

އިތުރު 10 ބޭފުޅަކަށް ޕްރައިމަރީއާ ނުލައި އެމްޑީޕީގެ ޓިކެޓް ކަށަވަރުވެއްޖެ

އެމްޑީޕީން ބުނީ އެޕާޓީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވާދަކުރަށްވަން ބޭނުންފުޅުވާ ފަރާތްތަކަށް ޝައުޤުވެރިކަން ފާޅުކުރުމަށް ހުޅުވާލުމުން އެކަމަށް ހުށައެޅުއްވި ފަރާތްތަކުގެ ތެރެއިން އިތުރު 10 ފަރާތަކަށް ޕްރައިމަރީއާއި ނުލާ ޓިކެޓް ކަށަވަރު ވެފައިވާ ކަމަށެވެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ޓާމިނަލް ރަސްމީކޮށް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ޓާމިނަލް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވީ މިކަމަށްޓަކައި އިއްޔެ ވެލާނާ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

މަޖިލިސް އިންތިޚާބުގައި ވޯޓު ފޮއްޓަކަށް ގިނަވެގެން ވޯޓުލެވެނީ 600 މީހުންނަށް

މިފަހަރުގެ މަޖިލިސް އިންތިޚާބު ރޯދަމަހާ ދިމާވާތީ ވޯޓުލާން ގިނަ ބަޔަކަށް ދާން އުނދަގޫވާނެތީ އާއި ކިއުގައި ތިބެންޖެހުމުން ދަތިވާނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ވޯޓުލާން ދާ މީހުންނަށް ލުއި ގޮތްތައް ހޯދައިދީ، ވޯޓުލާ މީހުންގެ އަދަދު އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރާނެ އެ ކޮމިޝަނުން ބުނެ އެވެ.

ރާއްޖޭގެ ވައި ނުސާފުވެ، ފެންނަ ދުރުމިން ދަށަށް ގޮސްފި

މެޓް އޮފީހުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި ދުވަސްވަރު އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ހިސާބުތަކުގެ ވައި ނުސާފުވެފައި ވާކަމަށެވެ. ސާފު ދުވަސްތަކުގައި 10 ކިލޯމީޓަރަށް ދުރު ފެނުނު ނަމަވެސް ފާއިތުވި 24 ގަޑިއިރު ދުރު ފެންނަ މިންވަރު ވަނީ ފަސް ކިލޯ މީޓަރަށް ދަށްވެފައި ކަމަށް މެޓް އޮފީހުން ބުންޏެވެ.