މި ސަރުކާރުގެ ވަޒީރުންނަށް ރުހުންދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި އެމްޑީޕީގެ ހަތަރު މެމްބަރަކު ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވިކަން ހާމަވެއްޖެ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދޭން އެ ގްރޫޕުން އޮތީ ވިޕްލައިން އަޅައިފަ އެވެ. އެކަމަކު ސައީދަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި އެ ހަތަރު މެމްބަރުން ވޯޓު ދެއްވީ ރުހުންދޭން ފެންނަ ކަމަށެވެ.
އެ މެމްބަރުންނަކީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު އަދި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމެވެ.
ތިން ވަޒީރަކަށް ރުހުން ނުދޭން މިއަދު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެއީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދޭން ވިޕް އެޅީ އިއްޔެ އެވެ.
ޖޫރިމަނާ ކުރީ ހުއްދަވެސް ނެގި ފަހުން
ޔޫއްޕެ ބަލިކޮށް ޕީއެންސީ ޕްރައިމަރީ އަދީމް ކާމިޔާބު ކޮށްފި
ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވުން އަންނަ މަހު 5 ގައި
