މަސައްކަތް ކުރާނެ މާހައުލެއް ނެތް ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާ އިސްތިއުފާދެއްވައިފި އެވެ.
ސިވިލްސާވިސް ކޮމިޝަނުން ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. ނިލްފާ އިސްތިއުފާ ދެއްވީ މިމަހުގެ އެއްވަނަ ދުވަހު އެވެ.
އޭނާ އިސްތިއުފާ ދެއްވުމުން އެ މަގާމަށް ބޭފުޅަކު ހޯދަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
ނިލްފާ އިސްތިއުފާ ދެއްވާފައިވާތީ ވަގުތީ ޕީއެސްގެ މަގާމަށް އައިޝަތު އަލީ ވަނީ ހަމަޖައްސާފަ އެވެ. އޭނާ ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވީ ކުރީގެ މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ މިނިސްޓަރުކަމުގެ ދުވަސްވަރު އެވެ.
ނިލްފާ ވަނީ ހިއުމަންރައިޓްސް ކޮމިޝަނުގައި ވެސް 20 އަހަރު ދުވަހު މަސައްކަތް ކުރައްވާފަ އެވެ.
އުދުހޭއިރު އިޔާޝާ ވަރަށް އުފާވޭ!
ތާރީހު ނުދެކޭ ފަދަ ބޮޑު ހަނގުރާމައަކަށް ދުނިޔެ މިސްރާބު ޖަހަނީ
ސަލްމާ އާއި މުންދު މަގާމުން ވަކިކޮށްފި
