ޓްރީޓޮޕް ހޮސްޕިޓަލުން ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ހިލޭ ސްކްރީން ކުރެވޭ ކެމްޕޭނެއް ފަށައިފި އެވެ.

މި ސްކްރީނިންގް ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލްގެ ތަޖުރިބާކާރު ކެއާ ޓީމުގެ ކޮންސަލްޓަންޓް ޑަކްޓަރުންގެ ބެލުމުގެ ދަށުންނެވެ.

ސްކްރީނިން ކުރިޔަށްދާނީ، މި މަހުގެ 19 އިން 28 އަށް ހުކުރު، ހޮނިހިރު ފިޔަވައި ޓްރީޓޮޕް ހޮސްޕިޓަލުގެ ތިން ވަނަ ފަންގިފިލާގައި ހުންނަ އަންހެނުންނަށް ހާއްސަ ކްލިނިކްގައި، ރޭގަނޑު 20:00 އިން 22:00 އަށެވެ.

މި ސްކްރީނިން ކެމްޕޭންގެ މަގްސަދަކީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، އަވަހަށް ބަލި ދެނެގަނެ، ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމެވެ. މި ސްކްރީނިންގް ކެމްޕޭނުގެ ދަށުން، ޑޮކްޓަރަށް ދެއްކުމާއި، ސްކްރީނިން ޓެސްޓްތައް ހިލޭ ހެދޭނެ އެވެ. ޓެސްޓް ރިސަލްޓް ލިބުމުގެ ފަހުން ހޯދާ އިތުރު އެއްވެސް ޚިދުމަތަކަށް ހިނގާ ޚަރަދު މި ސްކްރީނިންގައި ނުހިމެނޭނެ އެވެ.

ސްކްރީން ކުރުމަށް އައުމުގެ ކުރިން ބަލަން ޖެހޭ ބައެއް މުހިންމު ކަންތައްތައް

  • ސްކްރީން ކުރެވޭ ފަރާތަކީ ކައިވެނި ކޮށްގެން އުޅޭ ފަރާތެއްކަމުގައިވުން
  • ސްކްރީނިން ހައްދަވައިއިރު ޕީރިއަޑު ނުވަތަ ޚައިލު ވެފައިނުވުން
  • ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި "ޕެޕް ސްމިއަރ ސްކްރީނިން" އެއް ހަދާފައި ނުވުން

މި ސްކްރީނިން ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރުން:

  • ޑރ. އަކަންޝް (އަންހެނުންގެ ޚާއްސަ)
  • ޑރ. އަދިތި (އަންހެނުންގެ ޚާއްސަ)
  • ޑރ. ސަޖަނާ (އަންހެނުންގެ ޚާއްސަ)

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ އެންމެ ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތްފޯރުކޮށްދޭ ހޮސްޕިޓަލެކެވެ. އަޅުގަނޑުމެންގެ އަމާޒަކީ ޚިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ލުއިފަސޭހަ، ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްފޯރުކޮށްދިނުމެވެ.