މާލޭގައި ދުއްވާފައި ދިޔަ ސައިކަލެއް ބަހެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހަކަށް ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގު ހުޅަނގުން އިރަށް ދުއްވާފައި އައި ސައިކަލެއް ސްޓެލްކޯ ކައިރި ބަސް ސްޓޮޕް ގައި އޮތް އެމްޓީސީސީ ބަހަކާއި އެ މަގުގެ އަނެއް ފަރާތުގައި އޮތް ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
މިރޭ 20:00 ހާއިރު ހިނގި އެ އެކްސިޑެންޓްގެ ސަބަބުން އަނިޔާވީ ސައިކަލް ދުއްވި މީހާއަށެވެ. އޭނާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނީ ސައިކަލް ދުއްވި މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށެވެ.
އެ އެކްސިޑެންޓްގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް 7 ދަރިވަރަކަށް
މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ބެންކޮކްގެ ކްލަބެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 27 މަރު
