ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް އޮންލައިންކޮށް ހުށަހެޅުމުން ނަގުދު ފައިސާ ލިބޭ ގޮތަށް ވަގުތުން އެޕްރޫވަލް މިހާރު ލިބޭ ގޮތަށް ހަދައިފި އެވެ.
ބީއެމްއެލް އިން ދަނީ ބޮޑެތި އިންޓަރެސްޓް ރޭޓްގައި އެކި ނަން ނަމުގައި ލޯނުތައް ތައާރަފުކުރަމުންނެވެ. އެ ބޭންކުން ނަގާ އިންޓަރެސްޓް ރޭޓް ބޮޑުވުމުން ގިނަ ބަޔަކު ޝަކުވާކުރެ އެވެ.
ރާއްޖޭގައި އެންމެ ގިނަ ލޯނު ދޫކުރާ ބޭންކުން ބުނީ މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބީއެމްއެލް އިސްލާމިކްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގެނައި ބަދަލެއް ކަމަށެވެ.
އެ ބޭންކުން ބުނީ ކަސްޓަމަރުންނަށް އިންޓަނެޓް އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކްރެޑިޓް ލިމިޓުގެ ގޮތުގައި ފެންނަ ޖުމްލަ ޢަދަދާ ހަމަޔަށް ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި އޮންލައިންކޮށް ހުށަހަޅެމުން ފައިނޭންސިން އެޕްރޫވްކޮށް 4 ގަޑިއިރުތެރޭ ޚިދުމަތް ދޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ.
ބީއެމްއެލް އިން ބުނީ ވަގުތުން އެޕްރޫވްކުރާ ފައިނޭންސިން ފެސިލިޓީ ދޫކުރާނީ އެ ބޭންކުގެ ޕޭރޯލް މެދުވެރިކޮށް ފާއިތުވި 12 މަސްދުވަހު މުސާރަ ޖަމާކޮށް ކްރެޑިޓް ހިސްޓްރީ ރަނގަޅު ކަސްޓަމަރުންނަށް ކަމަށެވެ.
ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ނަޤުދު ފައިސާގެ އިތުރުން، މުދަލާއި އެހެނިހެން ޚިދުމަތް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ. ނަގުދު ފައިސާ ލިބޭ ޚިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގައި ބޭނުންކުރެވޭ އުސޫލެއް ކަމުގައިވާ ތަވައްރުގް (ކޮމޯޑިޓީ މުރާބަޙާ) އުސޫލުން ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ބީއެމްއެލް އިސްލާމިކް ޕަރސަނަލް ފައިނޭންސިންގ ޕްރޮސެސް ކުރުމަށް ކުރިން 5 ދުވަސް ނަގާއިރު މިހާރު މަދު ވަގުތުކޮޅެއް ތެރޭގައި ކަސްޓަމަރުނަން ބޭނުންވާ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.
ހެޔޮނުވާނެ ތި ބޭންކުން ލޯނެއް ނަގަން. ތިޔަ ނަގާ އިންޓަރެސްޓަކުން ދުވަހަކު ވެސް އަރައިނުގަންނާނެ.
މިއަށްވުރެ ފީކަޅާ ހިދުމަތެއް ދޭ ބޭންކެއް މިއުޑު ހިޔާ ދަށުގައި ނެތް. ކަސްޓަމަރެއްގެ ކޯލަކަށް ޖަވާބު ދޭނީ ތިން ދުވަހުން. އެކަމަކު ބިލިއަނުން ފައިދާ.
އެކި ނަން ނަމުގައި ލޯނު ތައާރަފުކުރަނީ ރިބާ ނެގުން ހުއްޓުމެއް ނެތި.