ހަދިޔާ ފޮށީގެ ދެވަނަ އަހަރު ގުނަމުން ދާއިރު، މި ރޯދަ މަހުވެސް އެތައް ހަދިޔާ ތަކެއް ވަނީ އުރީދޫ ކަސްޓަމަރުންނަށްޓަކައި ހަދިޔާ ފޮށްޓަށް އަޅާ ފުރާލާފަ އެވެ. މީގެ ތެރޭގައި އެންމެ ހާއްސަ އެއް އިނާމަކީ އެޕަލް ވިޝަން ޕްރޯ އެވެ. މީގެ އިތުރުން ޕީއެސް 5، މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރ ހިމެނެ އެވެ. ހަމަ މިއާއެކު، ޑޭޓާ ޕެކް، ގޭމިން ޕެކް، އަދި އިތުރު ގިނަ އިނާމު ތަކެއް ހިމެނެއެވެ. ޑޭޓާ ޕެކް ލިބުމުން ވަގުތުން އެކައުންޓް ބެލެންސަށް އެއްވާނެ އެވެ.

ހަދިޔާ ފޮށީގައި ބައިވެރިވުމަށް، އުރީދޫ ސުޕައެޕަށް ވަނުމަށް ފަހު ހޯމްޕޭޖުގައި އިންނަ ހަދިޔާފޮށި ބެނާއަށް ފިތާލާށެވެ. މިއާއެކު ހަދިޔާ ފޮށްޓެއް ސްކްރީނުން ފެންނާނެއެވެ. ފޮށި ހުޅުވެންދެން ފޮށްޓަށް ފިތަމުން ގެންދާށެވެ. ފޮށި ހުޅުވުމުން ލިބުނީ ކޮން އިނާމެއްކަން ފެންނާނެ އެވެ. ކޮންމެ ކަސްޓަމަރަކަށްވެސް ދުވާލަކު އެއްފަހަރު ހަދިޔާފޮށީގައި ބައިވެރިވެވޭނެ އެވެ. އަދި ދެން ހަދިޔާފޮށި ކުޅެވޭނެ ވަގުތު ބެނާއިން ފެންނާނެ އެވެ. ހަދިޔާ ފޮށި ކުޅޭ ކޮންމެ ފަހަރަކީ އިނާމެއް ލިބޭނެ ފަހަރެކެވެ.

ކޮންމެ ދުވަހަކު ހަދިޔާ ފޮށި ކުޅެގެން "ސްޓްރީކް" ހެދޭނެއެވެ. އަދި "ކަރާ ޕޮއިންޓްސް" ލިބިގެންދާނެއެވެ. ކޮންމެ ދުވަހަކު ކުޅެގެން ޕޮއިންޓް އިތުރުކޮށް ލީޑަބޯޑުގެ ކުރި ހޯދާށެވެ. ކޮންމެ ހަފުތާއެއްގައި ލީޑަބޯޑުގެ އެންމެ ކުރީގައިވާ ތިން ކަސްޓަމަރުންނަށް "ވީކްލީ މެގަ ގިފްޓް" ލިބޭނެ އެވެ.

ހަދިޔާފޮށިން ހަދިޔާއެއް ހޯދުމަށް އުރީދޫ ސުޕާ އެޕަށް ލޮގިން ކޮށްލައްވާ. ފަހަރުގައި މިއަހަރު އެޕަލް ޕްރޯ ގެ ނަސީބުވެރިޔަކީ ތިބާ ކަމުގައި ވެދާނެ!