ރެސިޑެންޝަލް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި އިންޓަނެޓް ޕެކޭޖް އަޕްގްރޭޑް ކުރެވޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގުން ލޯންޗުކޮށްފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ފައިބާ 5އެމް ސްޓާޓާއިން ފެށިގެން ފައިބާ 30އެމް ބޭސިކް ޕެކޭޖްތަކުގައި ތިބި ރެސިޑެންޝަލް ކަސްޓަމަރުންނަށް މިހާރު ބޭނުންކުރާ ޕެކޭޖާ އެއް އަގެއްގައި އިންޓަނެޓް އަޕްގްރޭޑް ކުރެވޭނެއެވެ. މި އޮފާއާއެކު ކަސްޓަމަރުންނަށް ދެ މަސް ދުވަހުގެ މުއްދަތަށް ހަލުވި ސްޕީޑާއި އިތުރު ޑޭޓާ އެލަވަންސް ލިބޭނެ އެވެ. އަދި އެއަށްފަހު އަޕްގްރޭޑް ކުރި ޕެކޭޖްގައި މަޑުކުރުން ނުވަތަ ކުރީގެ ޕެކޭޖަށް ޑައުންގްރޭޑް ކުރުމަށް ކަސްޓަމަރުންނަށް ހިޔާރު ކުރެވޭނެ އެވެ.

"މިއަހަރުގެ ރަމަޟާން މަހުގެ ޕްރޮމޯޝަންތަކުގެ ތެރެއިން ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި އައު އޮފަރ ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ޕްރޮމޯޝަންގެ ސަބަބުން އިތުރު ޚަރަދަކާނުލާ އިތުރު ޑޭޓާ އެލަވަންސްތަކާ އެކު ހަލުވި އިންޓަނެޓް ސްޕީޑް ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ. އަޅުގަނޑުމެންގެ އުންމީދަކީ މި އޮފަރގެ ސަބަބުން ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިވެގެން ދާނެ ކަމަށް،" ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހު އާދަމް ވިދާޅުވި އެވެ.

މިއަހަރު ދިރާގުން ވަނީ ދިރާގު އެޕް މެދުވެރިކޮށް ރަމަޟާން މަހަށް ޚާއްސަ ފަސް އޮފާއެއް ތައާރަފްކޮށްފަ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށެވެ.