މުރަވަތްކަކީ އަހަރުމެންގެ ތެރެއިން ގިނަ ބައެއްގެ ކުޑައިރުގެ ހަނދާންތަކާ ގުޅިފައިވާނެ އެއްޗެއްކަން ޔަގީނެވެ. އެކުވެރިންނާއެކު ރަށުގެ ގަސްބޯ ހިސާބުތަކަށް ވަދެ މުރަވަކި ކެއުމަކީ ހަމަ ކޮންމެ މީހަކު ވެސް ކުރި ކަމެކެވެ. ނަމަވެސް އޭރު މުރަވަކި ކެއީ އެއިން ލިބޭ މި ފައިދާތައް ނޭނގި އެވެ.
ބަރުދަން ލުއިކޮށް ދިނުމަށް އެހީ ވެދޭ
ބަރުދަން ރަނގަޅު މިނެއްގައި ބެހެއްޓުމަކީ ގިނަ ބަޔަކު ބޭނުންވާ ކަމެކެވެ. މުރަވަކީ ގައި ހިމެނޭ ލިނޮލިއީކް އެސިޑް އަދި އޮލެއިކް އެސިޑް ގެ ސަބަބުން ކޮލެސްޓްރޯލް ލެވެލް އެއްވަރެއްގައި ހިފަހައްޓައި ދިނުމަށް އެހީ ވެދެ އެވެ. އަދި މި މޭވާ ކޮންމެ ދުވަހަކު ކެއުމުގައި ހިމަނާ ލުމުން ބަރުދަން ލުއި ކޮށްދެ އެވެ.
ޗިސްމޭ އަދި ކިޑްނީގެ ސިއްހަތު ރަނގަޅު ކޮށްދޭ
ޗިސްމޭ އަދި ކިޑްނީގެ މަސައްކަތް ހަށިގަނޑުގެ ތެރޭގައި ވަރަށް ގިނަ އެވެ. މުރަވަކީގައި ހިމެނޭ ވިތަނޮލިޑްސް ގެ ސަބަަބުން މި ދެ ގުނަވަން ރަނގަޅު ސިއްހަތެއްގައި ބެހުއްޓުމަށް އެހީވެދެ އެވެ. އެގޮތުން ޗިސްމޭގައި ހިމެނޭ ލަކުނުތައް ފިލުވުމުމަށާއި ކިޑްނީގައި އުފެދޭ ވިހަ މާއްދާތައް ފިލުވައި ދިނުމަށް މި މޭވާ އެހީވެދެ އެވެ.
ވިޓަމިން ލިއްބައިދޭ
ވިޓަމިން ގިނަ މޭވާއެއް ކާލަން ބޭނުންނަމަ މުރަވަކި ކޮޅެއް ކާލާށެވެ. މުރަވަކީގައި ވިޓަމިން އޭ، ސީ، އީ، ކޭ1، ބީ1، ބީ2 އަދި ވިޓަމިން ބީ3 ހިމެނެ އެވެ. ޕެޓީ އެސިޑްގެ ތެރޭގައި ވެސް ހަށިގަނޑަށް ފައިދާހުރި އަދި ގެއްލުން ހުރި ފެޓީ އެސިޑް ހުންނައިރު މުރަވަކީގައި ހިމެނެނީ ރަނގަޅު ފެޓީ އެސިޑް ގެ ބާވަތެކެވެ.
ލޮލުގެ ފެނުން ރަނގަޅު ކޮށްދޭ
މުރަވަކީގައި ވިޓަމިނުގެ ތެރެއިން އެންމެ ގިނައީ "ވިޓަމިން އޭ" އެވެ. އޭގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުކޮށް ހަންގަނޑު އަލިކޮށްދެ އެވެ.