އއ. ތޮއްޑު އާއި އއ. ރަސްދޫގެ އިހުތިސާސުގައި ފަޅެއް ހިމަނަން ރައީސް ޑރ. މުއިއްޒު ނިންމަވައި އެކަން އިއުލާން ކުރައްވައިފި އެވެ.
ރައީސް އޮފީހުން އާންމު ކުރި ގަރާރުގައި ބުނީ ލާމަރުކަޒީ ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ތޮއްޑު އާއި ރަސްދޫގެ އިހުތިސާސްގައި 200 ހެކްޓަރުގެ ފަޅެއް ހިމަނަން ކަނޑައަޅާފައިވާ ކަމަށެވެ.
ވަކިވަކިން ނެރުނު މި ދެ ގަރާރު ވެސް މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ.
މި ފަޅަކީ ރަސްދޫގެ އުތުރުން އޮންނަ ބޮޑު ފަޅެއް ކަމަށްވާ މާފަޅެވެ. އެ ފަޅުން ތޮއްޑު އާއި ރަސްދު އަށް، ކޮންމެ ރަށަކަށް ވަނީ 200 ހެކްޓަރުގެ ސަރަހައްދެއް ދިނުމަށް ރައީސްގެ ގަރާރުގައި ކަނޑައެޅުއްވި އެވެ.
ސަމާލުވޭ! ޑެންގޫ ހުމުގެ ނުރައްކާ ބޮޑުވަނީ!
ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް، ތައްޔާރު ތަ؟
ޕެންޝަން ފަންޑު މެދުވެރިކޮށް ފައިސާ ޗާޕުކުރާ މައްސަލަ މަޖިލީހަށް