އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމް ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން މިރޭ ފަށައިފި އެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމް ހުޅުވައިދެއްވީ މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބު އާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ.

މި ހަފްލާގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު ވަނީ އެސްޓީއޯގެ ކުރިއެރުމުގައި ކުރީގެ މެނޭޖްމެންޓްތަކާއި، ބޯޑު މެމްބަރުންގެ ރޯލް ވަރަށް ބޮޑަށް ފަހާގަކޮށް އެކަމުގެ ޝުކުރު ދަންނަވައިފަ އެވެ.

"މިއަކީ ވެސް އެސްޓީއޯގެ ތާރީހުގައި ލިޔެވިގެންދާނޭ ފާހަގަކޮށްލެވޭ ދުވަހެއް. އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ މި ފިހާރައިން ވެސް އިމާރާތްކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއްގެ އިތުރުން މަކިޓާ ޓޫލްސް، އަދި ނިޕޯން ފަދަ އެސްޓީއޯގެ އެންމެ މަގުބޫލު ބްރޭންޑްތައް ލިބިގެންދާނެ،" އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ހަފުލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވާހަކަދައްކަވަނީ. ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އިން ބުނީ ހުޅުމާލޭ ޝޯރޫމް ވެގެންދާނީ ހުޅުމާލޭ ދިރިއުޅޭ ފަރާތްތަކާއި ކޮންސްޓްރަކްޝަން ސިނާއަތުގެ ބައިވެރިންނަށް ލިބޭނެ އިތުރު ކުރިއެރުމަކާއި ފަސޭހައެއް ކަމަށެވެ.

އެސްޓީއޯ ހުޅުމާލެ ޝޯރޫމް އިން

  • މަކިޓާ އަދި ނިޕޯން ޕެއިންޓްގެ އިތުރުން ކޮންސްޓްރަކްޝަން މެޓީރިއަލްސް އާއި ރެޑީމިކްސް ހުޅުމާލެ ޝޯރޫމް އިން އޯޑަރު ކުރެވޭނެ.
  • ޒަމާނީ ފެންވަރަށް ރިނޮވޭޓްކޮށް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯވރޫމް ހުޅުވައިފައިވަނީ ހަމަކުރިންވެސް އެސްޓީއޯ ހުޅުމާލެ ފިހާރަ ހުޅުވައިފައިވާ ލޮކޭޝަނުގައި. (އެސްޓީއޯ ސްމާޓް ސްޓޯއާ ޖެހިގެން).
  • ހިތްގައިމު އިންޓިއާރައާއެކު ފަސޭހައިން ބޭނުންވާ ޕްރޮޑަކްޓްތައް މިހާރު މާލެ ނާދެވޭ ހާލަތެއްގައިވެސް ހުޅުމާލެ ޝޯވރޫމް އިން ބައްލަވައި ގަނެވޭނެ.
  • މި ޝޯރޫމްގެ އެންމެ ހިތްގައިމުކަމަކީ ޒަމާނީ އިންޓީރިއާ އަދި ކަސްޓަމާ ސާވިސް.
  • ކަސްޓަމަރު އިހްތިޔާރު ކުރާ ނިޕޯންގެ ކޮންމެ ކުލައެއް ތައްޔާރުކުރުން ވެސް ވަގުތުން ކުރިއަށް ދާނެ އިންތިޒާމް މި ޝޯރޫމްގައި ވަނީ ހަމަޖެހިފައި.
  • މަކިޓާގެ ވެސް ހުރިހާ ރޭންޖެއްގެ ޕްރޮޑަކްޓް މި ޝޯރޫމް އިން ލިބޭނެ.
  • އެސްޓިއޯ ޕަވާމިކްސް ކަސްޓަމަރުންނަށް ވެސް ރެޑީމިކްސް ކޮންކްރީޓް ހުޅުމާލެ ޝޯރޫމް އިން އޯޑަރު ކޮށްލެވޭނެ.
  • މިޝޯރޫމް އިން ކަސްޓަމަރު ބޭނުންވާ ކޮންސްޓްރަކްޝަންސް މެޓީރިއަލްސް (ސިމެންތި, ހިލަ, ހިލަވެލި, ދަގަނޑު, ގީއައި ޕައިޕް, ސިމެންތި ފިލާ. އަދި ރޫފިން ޝީޓް ވެސް އޯޑަރުކުރެވޭނެ.