ޕީއެންސީގެ ސަރުކާރު 10 އަހަރު ނުވަތަ 15 އަހަރަށް ދެމިގެން ގޮސްފިނަމަ، ޑޮލަރުގެ ރޭޓް 10 ރުފިޔާއަށް ދަށްވާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމަށް ބުނެ އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި މަގާމުން ވަކިކުރަން ހުށަހެޅި މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ފަލާހު ވިދާޅުވީ، ޑޮލަރުގެ އަގު މައްޗަށް ދިޔައީ ފައިސާ ޗާޕުކުރުން ހިމެނޭ ގޮތުން އެމްޑީޕީގެ ސަރުކާރުގައި ތަންފީޒުކުރި އިގުތިސާދީ ސިޔާސަތުގެ ސަބަބުން ކަމަށެވެ. އަދި އޭރު ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑުބައެއް ކޮރަޕްޝަނުގެ ތެރެއިން ގެއްލިފައިވާއިރު، ލޯނުތައް ނަގައިގެން ފައިދާހުރި ކަމެއް ކޮށްފައިނުވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑުމެންގެ މި ވެރިކަން އިރާދަފުޅުކުރެއްވިއްޔާ ދެމިގެން މިހެން ގޮސް ދުވަސްތަކަކަށް، 10 ވަރަކަށް 15 ވަރަކަށް އަހަރަކަށް ދެމިގެން ގޮސްފިއްޔާ ޑޮލަރު ހުންނާނީ 10 އަކަށް، 10 ގައި،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ، ތާކުންތާކު ނުޖެހޭ ގޮތަށް އިގުތިސާދީ ކަންކަން ކުރުމުން ބާޒާރަށް އަސަރުކުރާ ކަމަށާއި، ނަމަވެސް މި ސަރުކާރުގެ ވެރިކަން ކުރިއަށް އޮތް 10 ނުވަތަ 15 އަހަރަށް ދެމިގެން ގޮސްފިނަމަ ޑޮލަރުގެ އަގު 10 ރުފިޔާއަށް ތިރިކުރެވޭނެ ކަމަށެވެ.
މި މައްސަލައަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމަކީ ގާނޫނުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލާޒިމުކޮށްފައިވާ ކަމެއް ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރަސްމީ ރޭޓުގައި ދޫކުރި ޑޮލަރަށްވުރެ 80 އިންސައްތަ އިތުރަށް، މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި 1.9 ބިލިއަން ޑޮލަރު ރަސްމީ ރޭޓުގައި ދޫކޮށްފައިވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި، 2021 ވަނަ އަހަރުން ފެށިގެން އެމްޑީޕީގެ ސަރުކާރު ނިމުމާ ހަމައަށް ރަސްމީ ރޭޓުން ދޫކޮށްފައިވަނީ 1.75 ބިލިއަން ޑޮލަރެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިވީ ގާތްގަނޑަކަށް ތިން އަހަރުގެ ތެރޭގައި ރަސްމީ ރޭޓުން ދޫކުރި ޑޮލަރުގެ އަދަދު 1.9 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އެއްޖިންސުން ކައިވެނިކުރި ވީޑިއޯއަށް ފާޑުކިޔުން
މިޑްޓާމް އިންތިހާބު: ޓްރަމްޕްގެ ދެވަނަ ދައުރާ މެދު ގޮތް ނިންމާނެ
ކައިވެނީގެ ފޮޓޯތައް ލީކުވުމުން ތަހުގީގުކުރަން ޓޭލާ ނިންމައިފި
މީކޮންކަހަލަ ވާހަކައެއް ދައްކާ ވަގެއް ވަޑާންގެއެގެ ތެރޭރޮންދާއެއްހިފައިގެން އުޅެފަ ރައްޔިތުންގެ ބެއިތުލްމާލުން ވައްކަންކުރަންވެގެން މަޖިލިސްވަދެ ތިކުރަނީ ސާފު ވައްކަން ދެން ދުވަހަކުވެސް މިކަލޭގެއައް މަޖިލީހުގެ ގޮޑިއެއްނުލިބޭނެ މިއަދު ކުރާނެވަރަކައް ވައްކަންކުރޭ
ރިޕްލައިބަލަގަ ވެރިކަން ކުރާ ތާ 3 އަހަރު ވަނީ. ހުރިހާ ކަމެއް މި ދަނީ ބުނާ އެއްޗަކާ ދިމާ އިދިކޮޅަށް. ކޮބާ ލަދު.
ރިޕްލައި