މިއަހަރު ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު މީޑިއާނެޓުގެ ފަރާތުން އިއުލާން ކުރި އޮޓޯ ރިނިއުވަލް ޕްރޮމޯޝަން ނިމުމަކާ ގާތްވެއްޖެ އެވެ.

މީޑިއާނެތުގެ އޮޓޯ ރިނިއުވަލް ހިދުމަތަށް ރެޖިސްޓްރީ ކޮށްގެން ގިނަ އިނާމު ތަކެއް ހުށަހަޅާފައިވާ މި ޕްރޮމޯޝަންގެ ދަށުން މި ހިދުމަތަށް ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީހަކީ މި އޭޕްރިލް މަހުގެ 30 ވަނަ ދުވަހެވެ. އޮޓޯ ރިނިއުވަލް ހިދުމަތަކީ މީޑިއާނެޓުގެ ކަސްޓަމަރުންނަށް މެދުކެނޑުމެއްނެތި މުނިފޫހިފިލުވުން ޔަގީންކުރުމުގެ ގޮތުން އެފަރާތުން ތަޢާރަފްކޮށްފައިވާ ހިދުމަތެކެވެ.

މީޑިއާނެޓުގެ ސަބްސްކްރިޕްޝަނެއް ނަގައިގެން 30 ދުވަހުގެ މުއްދަތަކަށް ޗެނަލްތަކާއި އޭގެން ދައްކާ ޕްރޮގްރާމްތައް ޓީވީ އަދި އެމް އެސް ޑިޖިޓަލް މެދުވެރިކޮށް ފޯނުންވެސް ބަލާލެވެއެވެ. ނަމަވެސް އެހެން ޚިދުމަތްތަކެކޭ އެއްފަދައިން އާންމު ދިރިއުޅުމުގެ ހަލަބޮލިކަމުގެ ތެރޭގައި ހިދުމަތް މެދުކެނޑުމުގެ ކުރިން ކުރިއަށް އޮތް މަހަށް ފައިސާ ދައްކަން ހަނދާންނެތޭ ތަން އަންނަނީ މަދުފަހަރަކު ނޫނެވެ. ނަތީޖާއަކަށްވަނީ ފުޓުބޯޅަ މެޗެއްގެ ފޯރިގަދަ ވަގުތު ނުވަތަ ޑްރާމާ/ފިލްމެއްގެ އެންމެ ޝައުގުވެރި ވަގުތު ޚިދުމަތް މެދުކެނޑުމެވެ.

މީޑިއާނެޓުގެ އޮޓޯ ރިނިއުވަލް ހިދުމަތާއެކު ސަބްސްކްރިޕްޝަންގެ މުއްދަތު ހަމަވުމުން ކުރިއަށް އޮތް 30 ދުވަހަށް މި ހިދުމަތް އާވެގެން ދެއެވެ.

މީޑިއާނެޓު އޮޓީ ރިނިއުވަލް ހިދުމަތަށް ރަޖިސްޓްރީ ކުރުން ވަރަށް ފަސޭހައެވެ.

• މީޑިއާނެޓުގެ ކުއިކްޕޭ ޕޯރޓަލް https://my.medianet.mv/ އަށް ޒިޔާރަތްކޮށް އެފަރާތެއްގެ މީޑިއާނެޓު އެކައުންޓާއި ބެހޭ މައުލޫމާތު ޖައްސަވާ

• މިވަގުތު ސަބްސްކްރައިބް ކޮށްފައިވާ ޕެކޭޖާއެކު ކުރިއަށް ދިއުމަށް ނުވަތަ އައު ޕެކޭޖަކާއެކު ކުރިއަށް ދިއުމަށް އިޚްތިޔާރުކުރައްވާ

• “Save my card and auto renew my subscription” އަދި “I have read and agree with Medianet terms of use” ގައި ހެޔޮފާހަގަ ޖައްސަވާ

• އީ މެއިލް އެޑްރެސް ޖެއްސުމަށްފަހު އީމެއިލްގެ ޒަރިއްޔާއިން ލިބިލައްވާ އޯޓީޕީ ޖައްސަވާ

• ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ގޭޓްވޭ އިން ފައިސާ ދައްކަވާ30 އޭޕްރިލްގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން މުއްދަތު ތެރޭގައި އޮޓޯ ރިނިއުވަލް ޚިދުމަތައް ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ޚާއްސަ އިނާމެއް ދިނުމަށްވަނީ ހަމަޖެހިފަ އެވެ. އެއީ:

• ފުރަތަމަ އިނާމް: 1 އަހަރުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)

• ދެވަނަ އިނާމް: 6 މަސްދުވަހުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)

• ތިންވަނަ އިނާމް: 3 މަސްދުވަހުގެ ހިލޭ މީޑިއާނެޓު ސަބްސްކްރިޕްޝަނެއް (ވޯންޓް އިޓް އޯލް ޕެކޭޖު)މި ޕްރޮމޯޝަން އަދި އޮޓޯ ރިނިއުވަލް ޚިދުމަތާ ބެހޭ މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މީޑިއާނެޓުގެ ކަސްޓަމާ ކެއާ ނަމްބަރު 3320800 އަށް ގުޅާލުމުން މީޑިއާނެޓުގެ ފަރާތުން މައުލޫމާތު ހިއްސާ ކުރާނެ އެވެ.

ޒަމާނުއްސުރެން މީޑިއާނެޓުން އަންނަނީ ދިވެހިންނާ ހަމައަށް މުނިފޫހިފިލުވަނިވި ޕްރޮގްރާމްތަކެއް ގެނެސްދެމުންނެވެ. އަދި ވީޑިއޯކްލަބް ހިދުމަތް މެދުވެރިކޮށް ގިނަ ދިވެހި އަމިއްލަ އުފެއްދުންތަކެއްވެސް މީޑިއާނެޓުން އަންނަނީ ޓީވީ އަދި މޯބައިލް ސްކްރީންތަކާ ހަމައަށް ގެނެސްދެމުންނެވެ.