ކަސްޓަމަރުންގެ މައުލޫމާތު ހިމެނޭ އެޗްޑީސީގެ މުވައްޒަފުންގެ ޑޭޓާބޭސް ހެކްކޮށްފި އެވެ.
ހަސަން ކުރުސީގެ ނަމުގައި ހަދާފައިވާ އެކްސްގެ އެކައުންޓުން ވަނީ މިކަން ސަމާލުކަމަށް ގެނެސްފަ އެވެ. އެ އެކައުންޓްގައި ބުނެފައިވާގޮތުގައި ޑޭޓާބޭސްގައި ހުރި ހުރިހާ ކަސްޓަމަރުންގެ މައުލޫމާތު ހެކަރު ނަގާފައިވާ ކަމަށެވެ.
ޑޭޓާބޭސް ހެކްކުރުމަށްފަހު ކަސްޓަމަރުންނަށް އަންނަނީ އޯޓީޕީތަކެއް ފޮނުވަމުންނެވެ. ވިނަރެސް ފްލެޓްތައް ގަތް މީހުންނާ ގުޅޭ އެންމެހައި މައުލޫމާތުތައް ވެސް އެ ޑޭޓާބޭސްގައި ހުންނާނެ އެވެ.
ކަސްޓަމަރުންނަށް ނުރައްކާވާ މިފަދަ ކަމެއް ކުރިއިރު، އެޗްޑީސީން މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ. ސޯޝަލް މީޑިއާގައި އެ ކުންފުނީގެ ވެރިން ޓެގްކޮށް މިކަމަށް ޖަވާބުދާރީވުމަށް އެތައް ބަޔަކު އެދެމުންދިޔަޔަސް އެ ކުންފުނިން މިކަމަށް ދީފައި ވަނީ ބީރު ކަންފަތެކެވެ.
މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހްމަދު ޝިފާން ވިދާޅުވީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލަމުން އަންނަ ކަމަށް ޝިފާން ވިދާޅުވި އެވެ.
ހަފްތާ ބަންދުގައި އިތުރަށް ނިދުމަކީ ފައިދާހުރި ކަމެއް: ދިރާސާ
ދެފައި މައްޗަށް ތެދުވެވޭނެ ކަމުގެ އުއްމީދު ގެއްލުނު: ރާހުލް
"ޑޭސް އޮފް ތަންޑާ"ގެ ސީކުއަލްގައި ޓޮމް ކުރޫޒްއާއި އޭން ހެތަވޭ!
