ދިރާގުގެ ސަބްސިޑަރީ ކުންފުނި، ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑަށް އެމްއެމްއޭއިން ޕޭމެންޓް ހިދުމަތް ދިނުމުގެ ލައިސެންސް ދީފި އެވެ.
އެމްއެމްއޭ އިން ބުނީ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން، ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް މިއަދު ދީފައިވާ ކަމަށެވެ.
މި ލައިސަންސް ދިނުމާ ގުޅިގެން، ދިރާގުން މިހާރު ދެމުން އަންނަ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑްގެ ދަށަށް ބަދަލުކުރޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ދިރާގު ޕޭގެ ނަމުގައި ދެމުން އަންނަ ޑިޖިޓަލް ވޮލެޓްގެ ހިދުމަތަކީ ރާއްޖޭގައި ވަރަށް މަގުބޫލު ހިދުމަތެކެވެ. ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ނެޓްވޯކެއްގެ، ކޮންމެ މޯބައިލް ފޯނަކުން ވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާ ދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފާ ވެސް ކުރެވެ އެވެ.
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
އެމެރިކާއިން އަލުން ހަމަލާ ދޭނަމަ ރައްދު ވަރުގަދަވާނެ: އީރާން
ކައިޒީން އޭނާގެ ކޮއްކޮއަށް ލަގްޒަރީ އެޕާޓްމަންޓެއް ގަނެދީފި
