އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ މީހަކު ކޮރަޕްޝަންއާ ގުޅިގެން ހުށަހެޅި ޝަކުވާތަކަށް އަޅާނުލުމުން ހުރިހާ ސިޓީތައް ފައްޗަކަށް އަމުނާ ގައިގައި އޮޅައިގެން މަގުމަތީގައި ފުރޮޅެމުން ޑިސްޓްރިކްގެ ކަލެކްޓާ އޮފީހަށް ގޮސްފި އެވެ.

އޭނާ ސިޓީތަކާއި މައްސަލައަށް ބޭނުންވާ ހެކިތަކާއި އެކު ހަދާފައިވާ ބޮޑު ކަރުދާސް ފައްޗެއް ގައިގައި އޮޅައިގެން މަގުމަތީގައި ފުރޮޅޭ މަންޒަރު ފެންނަ ވީޑިއޯއެއްވަނީ ވައިރަލް ވެފަ އެވެ.

https://vt.tiktok.com/ZS2yb14gQ/

މުކޭޝް ޕްރަޖަޕަތީ ކިޔާ މި މީހާ ހުށަހަޅައިގެން އުޅެނީ އެ އަވަށުގެ އެންމެ އިސްކޮށް ހުންނަ "ސަރްޕަންޗް"އާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެކެވެ. އޭނާ ބުނާގޮތުން ޝަކުވާތައް ހުށަހަޅާތާ މިހާރު ހަ އަހަރު ވަނީ ވެފަ އެވެ. ނަމަވެސް މީގެން އެއްވެސް މައްސަލައެއް ބަލާ ފިޔަވަޅުއަޅާފައި ނުވާ ކަމަށް އޭނާ ބުނެ އެވެ.

އޭނާ މިގޮތަށް ލިޔުންތައް ހިފައިގެން މަގުތަކުގައި ފުރޮޅެމުން ދިއުމުން މިހާރު ވަނީ އެކަމަށް ސަމާލުކަން ލިބި، އެ މައްސަލަތައް ތަހުގީގުކުރާނެކަމުގެ ޔަގީންކަން ކަމާގުޅުންހުރި އިދާރާއިން އޭނާއަށް ދީފަ އެވެ.