ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކެރޭނެއް ފުރޮޅާލައިފި އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މިފަދަ ހާދިސާއެއް ރިޕޯޓުކޮށްފައިވާ ކަމަށާއި ކެރޭނު ފުރޮޅާލައިގެން އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަގޮތުގައި ކެރޭން ފުރޮޅާލީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ފްލެޓުތައް ކުރިމަތީގަ އެވެ. މީ ކޮން ކުންފުންޏެއްގެ ކެރޭނެއްކަން ވަނީ ސާފުވާގޮތް ނުވެފަ އެވެ.
އެ ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށް ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
މީގެ ކުރިންވެސް މިފަދަ ބައެއް ހާދިސާތައް މާލެ ސަރަހައްދުގައި ވަނީ ހިނގާފަ އެވެ.
އޮފީސް ވަޒީފާތަކުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވާކަން އެނގޭތަ؟
ޓޭލާއާއި ޓްރެވިސްގެ ކައިވެނިން ބްލޭކްއެއް ނުފެނުނު!
ބެންފް ނެޝަނަލް ޕާކް: ކެނެޑާގައިވާ ފުރިހަމަ މަންޒިލެއް!