ބޮލީވުޑްގެ ތަރި އާމިރު ޚާންގެ ދަރިފުޅު ޖުނައިދުގެ ފިލްމު "ލަވްޔައްޕާ"ގެ ހާއްސަ ސްކްރީނިންއަށް އެ ދާއިރާގެ އެންމެ މަޝްހޫރު ތިން ތަރިން ގޮސްފި އެވެ.
ބުދަ ދުވަހު އޮތް އެ ސްކްރީނިންގައި އާމިރު ޚާންއާއެކު ޝާހްރުކް ޚާން ބައިވެރިވިއިރު ސަލްމާން ޚާން ވެސް ވަނީ އެތަނަށް ޒިއާރަތް ކޮށްފަ އެވެ.
ޝާހްރުކް ޚާންއާއި ސަލްމާން ވެސް ވަކިވަކިން އާމިރުއާ ބައްދަލުކޮށް މަރުހަބާ ކިޔާފައިވީ ނަމަވެސް އެ ތިން ތަރިންގެ ފޮޓޯއެއް އާއްމުވެފައެއް ނުވެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ ތިން ތަރިން އެކުގައި އެއްތަނަކުން ފެނުމުގެ ފުރުސަތު ގެއްލުނީ ވަރަށް ކުޑަ ކުޑަ ވަގުތު ކޮޅެއްގެ ތަފާތުންނެވެ.
ޝާހްރުކް، ސަލްމާން އަދި އާމިރުއަކީ 1990ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށް ވެސް ބޮލީވުޑްގައި އެންމެ ފުންނާބު އުސް ތިން ތަރިންގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ތިން ތަރިންނެވެ.
އާމިރުގެ ދަރިފުޅު ޖުނައިދުއާއި ޚުޝީ ކަޕޫރުގެ ފިލްމު "ލަވްޔައްޕާ" ސިނަމާތަކުގައި ދައްކަން ފަށާފައިވާއިރު އެ ފިލްމަށް އާއްމުންގެ ސަމާލުކަން ދަނީ ލިބެމުންނެވެ.