ރައީސް ޑރ މުހައްމަދު މުއިއްޒު އައު ވައުދުފުޅެއް ދިވެހި މަސްވެރިންނަށް ވެވަޑައިގެންފި އެވެ.
އެމަނިކުފާނު މި ފަހަރު ދިވެހި މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުފުޅަކީ ކޮންމެ މަސްވެރިއަކަށް ވެސް ރޯދަ އިނާޔަތް ދެއްވާނެ ކަމުގެ ވައުދެވެ.
ރައީސް މުއިއްޒު މިފަދަ ބޮޑު ވައުދުފުޅެއް ވެވަޑައިގެންފައި މިވަނީ މިހާރު އެމަނިކުފާނު ދ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދ. މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅު ގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ގާނޫނީ ގޮތުން ކަންކަން ފަހިކޮށްގެން ކުރިއަށް އޮތްތަނުގައި އެހެން ފަންނުތަކުގެ ބޭފުޅުންނަށް ރޯދަ އިނާޔަތް ހަމަޖައްސަން ބޭނުންފުޅުވާ ކަމަށާ އޭގެ ތެރޭގައި މަސްވެރިންވެސް ހިމެނޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެކަމަށް މަގުފަހި ކުރުމަށް ކުރެއްވި އެންމެ ފުރަތަމަ ކަމަކީ މަސްވެރިންގެ ދަފްތަރެއް އެކުލަވާލުން ކަމަށާ އެކަމުގެ އުސޫލު ގެޒެޓްކޮށްގެން، އެ ދަފްތަރުގައި ޖެހޭ ފަރާތްތަަކަށް ކުރިއަށް އޮތްތަނުގައި ބޭންކިންގ ނިޒާމްގެ ތެރެއިން ލޯނު ނެގުމާއި، އެސްޓީއޯގެ ސްކީމްގެ ތެރެއިން އެހީތެރިކަން ހޯދުން ފަދަ ކަންކަން ފަހިވެގެން ދާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން މި އަހަރު ތެރޭގައި، ކުރިއަށް އޮތް ދުވަސްތަކުގައި މަރުހަލާތަކުގެ ތެރެއިން ގޮސް، އެމަނިކުފާނު އުއްމީދު ކުރައްވަނީ، އަދި ދެެކެން ބޭނުންވަނީ މާލަސްތަކެއް ނުވެ، ރޯދަ އިނާޔަތް ވެސް ލިބޭ އެއްގެ ގޮތުގައި މަސްވެރިންވެސް ހަމަޖެެއްސޭނެ ކަަމަށް ކަން ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިފަދަ ވައުދުފުޅެއް މަސްވެރިންނަށް މިހާރު ވެވަޑައިގެންފައިވާ ވައުދުފުޅު ނުފުއްދެވޭ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށް ލެވެއެވެ.