ޏ. ފުވައްމުލަކު އިންޖީނުގޭގެ ބިންގާ އެޅިއިރު އެރަށުގައި އިންޖީނުގެ އަޅާނެ ބިން އަދިި ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައި ނުވާކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކަށް އުފަން ކުރީގެ މިނިސްޓަރު މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުވައްމުލަކު އިންޖީނުގޭގެ މަސައްކަތުގެ ޕްރޮޖެކްޓް ހަވާލުކުރެވެން އަދި ކައިރި ވެސް ނުވާ ކަމަށެވެ. އަދި އިންޖީނުގެ އަޅާނެ ބިން ވެސް ފެނަކަ އާއި ހަވާލުކޮށްފައި ނުވާ ކަމަށެވެ.
އިތުރަށް ވިދާޅުވީ، މިހާރު ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ފުވައްމުލަކުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަޅާނިންމާފައި އޮތް ނަރުދަމާއެއްގެ އަމަލީ މަސައްކަތް ފަށަން ކަމަށެވެ.
ކުރީީގެ މިނިސްޓަރުު މަލީހު ޓުވީޓާ ގުޅިގެން ފެނަކައިގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އަދި ފުވައްމުލަކު ކައުންސިލްގެ ބަހެއް ވެސް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ފުވައްމުލަކުގައި އަލަށް އަޅާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އިއްޔެ ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މައިކަލްގެ ބައޮޕިކް ފިލްމުގައި އޭނާގެ ކޮއްކޮ!
އަސަދުﷲގެ ކުންފުންޏަށް ވެސް 87.3 މިލިއަންގެ މަޝްރޫއު ބަހާލާފައިވޭ
ޓޮމް އާއި ނަސީމްގެ ކުންފުންޏަށް ވެސް އެތައް މިލިއަންގެ މަޝްރޫއު!