ރޭ ބޭއްވި ދިވެހި ފިލްމެއްގެ ޕްރިމިއަރގައި ފިރިހެނަކު އަންހެން ހެދުމެއް އަޅައިގެން ރެޑް ކާޕެޓުން ފެނުނު މައްސަލައިގައި ރައްޔިތުން ފާޑުކިޔަމުން ދަނިކޮށް ރައީސް މުހައްމަދު މުއިއްޒު އެކަމާއި ގުޅިގެން މިއަދު އެކްސްގައި ޕޯސްޓެއް ކުރައްވައިފި އެވެ.
ރައީސް ވިދާޅުވީ އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން، އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެކަމެއް ކަމަށެވެ. އަދި މުސްލިމުންގެ ސަޤާފަތާއި ހިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާންޖެހޭ ކަމަށެވެ.
"ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް" ރައީސް ވިދާޅުވި އެވެ.
ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަޤާފަތާއެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް އަޅުގަނޑުމެން ވުމަކީ މިގައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތް ކަމަށްވެސް ރައީސްގެ ޕޯސްޓުގައި ވަނީ ވިދާޅުވެފަ އެވެ.
ދިވެހި ފިލްމުތަކަށް އާއްމުގެ މަގުބޫލުކަން އިތުރުވަމުންދާ މި ދުވަސްވަރު، އެ އިންޑަސްޓްރީ ތެރެއިން ބޮޑަށް ފެންނަނީ އިސްލާމްދީނާއި ނުގުޅޭ ނިވާކަން ކުޑަ ހެދުން އަންހެނުންނާއި ފިރިހެނުންވެސް ބޭނުންކުރަމުންދާ މަންޒަރުކަން ފާހަގަކޮށްލެވެ އެވެ.
ފެންބޮޑުވީ ބެކްއަޕް ޕްލޭނެއް ނެތި ސަރުކާރުން ޕަމްޕްތައް ނެގުމުން
ވިއްސާރައިގައި މާލޭގެ 80އަށް ވުރެ ގިނަ ތަނަށް ފެން ވަދެފައިވޭ
އޮޑިޓް: އައްޑޫ އެއާޕޯޓުގެ ގެއްލުން 12 ޕަސެންޓް ދަށްވެއްޖެ