ދިރިއުޅުމުގައި އެކަނިވެރިކަމަކީ ރޭގަނޑުގެ ހަމަނިދި ލިބުމަށް ހުރަސްއަޅާ ކަމެއް ކަމަށް ދާދި ފަހުން ހަދާފައިވާ ދިރާސާއަކުން ސާބިތުވެއްޖެ އެވެ.
އެކަނިވެރިކަމުގެ ސަބަބުން ރޭގަނޑުގެ ނިދި ނުލިބޭ ވާހަކައަކީ އިޝްގީ ވާހަކަތަކުންނާއި ލަވަތަކުން ވަރަށް އާއްމުކޮށް އިވޭ ވާހަކަ އެކެވެ. މިފަހަރު މިއޮތީ ސައިންސްގެ އެހީގައި އެއީ ހަގީގަތެއްކަން އެނގިފަ އެވެ.
"ސްލީޕް 24" އަަހަރީ ބައްދަލުވުމުގައި ހުށައެޅި ދިރާސާ ރިޕޯޓެއްގައި ބުނެފައިވަނީ ފުރާވަރުގެ ކުދިންނާއި ޒުވާނުންނަކީ އެކަނިވެރި ދިރިއުޅުމެއް އުޅޭ ބައެއް ނަމަ ނިދުމުގައި އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ.
އެގޮތުން ރައްޓެހިން މަދުވުމާއި ހަޔާތުގެ ބައިވެރިޔަކު ނެތުމަކީ ވެސް ރޭގަނޑުގެ ނިންޖަށް އަސަރުކުރާ ކަމެއް ކަމަށް އެ ދިރާސާއިން އެނގިފައިވެ އެވެ.
މި ދިރާސާގައި ބުނެފައިވާ ގޮތުންނަމަ ކުރިއަށް އޮތް ތަނުގައި އެކަނިވެރިކަމަކީ ބައްޔެއްގެ ގޮތުގައި ކަނޑައެޅުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
އެހެން ކަމުން ރޭގަނޑު ނިދުމުގައި އުނދަގޫތަކެއް ތަހައްމަލު ކުރާނަމަ ތިބާގެ ދިރިއުޅުމުގައި އެކަނިވެރިކަން އިހުސާސް ކުރެވޭތޯ ވިސްނާލުން ރަނގަޅެވެ.
ބްރޫސްގެ ސިއްހަތާ ބެހޭގޮތުން ވާހަކަ ދައްކައިފި
މާބަނޑުއިރު އިތުރުވި ބަރުދަން ލުއިކުރަން އެހީއެއް!
ފިލްމީ ދާއިރާގެ ބޭފުޅުންވެސް ދީނުގެ ހުދޫދުން ބޭރުނުވޭ: ރައީސް