ބޮޑުކަންނެލި މަސްވެރިންގެ މުޒާހަރާގެ ކުރަމުންދިޔަ ދޯންޏަކުން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ ހާލު ދެރަވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން މައުރޫފަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށެވެ.
އެ މެންބަރު ވިދާޅުވީ ފުލުހުން ބާރުގެ ބޭނުންކޮށްގެން އޭނާ ހައްޔަރުކުރުމުގެ ތެރޭގައި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެހެންވެ، ސާޖަރީއެއް ހަދަންޖެހޭކަން ޑޮކްޓަރު އަންގާފައިވާ ކަމަށް އެ މެންބަރު ވިދާޅުވި އެވެ.
"ސާޖަރީ ހަދާނީ ރާއްޖެއިންތޯ ނޫނީ ރާއްޖެއިން ބޭރުންތޯ، މިކަންކަން ޑިސައިޑްކުރާނީ އާއިލާއިން،" އޭނާ ވިދާޅުވި އެވެ.
މައުރޫފަށް އަނިޔާވި މައްސަލައާ ގުޅިގެން ފުލުހުން އެއްވެސް އެއްޗެއް ނުބުނެ އެވެ.
މައުރޫފްގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ގާޒީ އަލީ އާދަމް ވަނީ ފަސް ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.
3 އަހަރަށްފަހު އެރިއާނާއާއި އީތަންގެ ލޯބީގެ ގުޅުން ނިމުމަކަށް!
މަގާމު ދިންތާ ގިނައިރުތަކެއް ނުވެ އާދަމް ނަސީރު އިސްތިއުފާދީފި
"ޖޭމްސް ބޮންޑް"ގެ ރޯލުން އިޑްރިސްއެއް ނުފެންނާނެ!
