ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާ އިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުއްލި އޮޕަރޭޝަނެއް ކުރަން ވައްދައިފި އެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވީ މެންބަރު މައުރޫފްގެ ފުރަގަސް ފަރާތުން ލޭ އަންނާތީ، ލޭ މަނާކުރަން އޮޕަރޭޝަނެއް ކުރަން ވައްދާފައިވާ ކަމަށެވެ.
"މިހާރު މެންބަރު މައުރޫފް ވަނީ ތިއޭޓަރަށް ވައްދާފައި،" އޭނާ ވިދާޅުވި އެވެ.
އިތުރު ބޮޑު އޮޕަރޭޝަނެއް ކުރެވޭނީ މިހާރު ކުރަމުންދާ އޮޕަރޭޝަން ނިމުމުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.
މާލޭގެ ފަޅުގައި މަސްވެރިންނާއެކު މުޒާހަރާ ކުރަމުން ދަނިކޮށް މެންބަރު މައުރޫފް ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުގެ ގާޒީ އަލީ އާދަމް ވަނީ ފަސް ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.
މައުރޫފްގެ އިތުރުން ބައެއް މަސްވެރިން ވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ދިރާގު 'ވިން 2 ސްޕީޑްބޯޓްސް' ގެ ފަހު ނަސީބުވެރިޔާ ހޮވައިފި
ހޫނުގަދަވެ ޖަރުމަނުގައި 5000 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
ރެފްރީންގެ ނަޒާހަތްތެރިކަމާމެދު ސުވާލު ނުއުފެއްދޭނެ: ކޮލީނާ
