އިމާރާތްކުރުމާއި ފަތުރުވެރިކަމުގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެއް ކަމަށްވާ ފެޑޯ ޕްރައިވެޓް ލިމިޓެޑުން މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ ބައިނަލްއަގްވަމީ ކޮލިޓީ ނިޒާމު އައިއެސްއޯ 45001:2018 އަދި ތިމާވެށި ބަލަހައްޓާނިޒާމު އައިއެސްއޯ 14001:2015 ސެޓިފިކޭޝަން ހާސިލުކޮށްފި އެވެ.
މި ސެޓިފިކޭޝަންތައް އެ ކުންފުންޏަށް ލިބިފައިވަނީ ބައިނަލްއަގްވާމީ ފެންވަރުގެ އިންސްޕެކްޝަނ،ް ވެރިފިކޭޝަން އަދި ސެޓިފިކޭޝަން ދޭ އަދި ދުނިޔޭގެ 115 ގައުމެއްގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމުގައިވާ އެސްޖީއެސް އިންނެވެ. މި ކާމިޔާބީއާއެކު ތިން ދާއިރާއެއް ހިމެނޭ ފުރިހަމަ އިންޓަގްރޭޓެޑް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ތިން ދާއިރާ
• 9001:2015 ISO – ފެންވަރު ބަލަހައްޓާ ނިޒާމު
• 45001:2018 ISO – މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ ނިޒާމު
• 14001:2015 ISO – ތިމާވެށި ބަލަހައްޓާ ނިޒާމު ސެޓިފިކޭޝަން ތަކަކީ އިނގިރޭސިވިލާތުގެ ގައުމީ އެކްރެޑިޓޭޝަން ހިދުމަތްކަމުގައިވާ ޔޫކޭއޭއެސް އިން އެކްރެޑިޓްކޮށްފައިވާ ސެޓިފިކޭޝަންތަކަކެވެ. އަދި ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ހައިސިއްޔަތުން އައިއެސްއޯގެ ތިން ސެޓިފިކޭޝަން ހާސިލްކުރިހަމައެކަނި ކުންފުނިކީ ވެސް ފެޑޯ އެވެ.
ފެޑޯއިން މީގެ ކުރިން ވެސް ވަނީ އައިއެސްއޯގެ 9001 ސެޓިފިކެޓް ދަމަހައްޓައި، ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްގިނަ މަސައްކަތްތަކެއް ތަންފީޒުކުރަން ފަށައިފަ އެވެ.
އަލަށް ހާސިލުކުރި އައިއެސްއޯ 45001 އަދި އައިއެސްއޯ 14001 ސެޓިފިކޭޝަނާއެކު ކުންފުނީގެ ހިންގުމުގެ އޮނިގަނޑު ވަރުގަދަވެ، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި، ތިމާވެށި ހިމާޔަތްކުރުމާއި، މަސައްކަތުގެ ދާއިރާގައި ދިމާވެދާނެ ނުރައްކާތައް މެނޭޖް ކުރުމުގައި އެ ކުންފުނިން ވަނީ ރަނގަޅު ގަވާނަންސް ނިޒާމެއް އެކުލަވާލާފަ އެވެ.
އެގޮތުން އައިއެސްއޯ 45001 ސެޓިފިކޭޝަން އަކީ މަސައްކަތުގެ މާހައުލުގައި ދިމާވާ ހާދިސާތަކާއި ބަލިތަކުން މުވައްޒަފުން ރައްކާތެރިކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތާއި ރައްކާތެރިކަމުގެ ސަގާފަތެއް އާލާކުރުމަށް އެ ކުންފުނިން މަސައްކަތްތައް އިތުރުވާނެ ކަމަށް ފެޑޯއިން ބުންޏެވެ. އަދި އައިއެސްއޯ 14001 ސެޓިފިކެޓާއެކު ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި ގަވާއިދުތަކަށް ބޯލެނބުމާއި ކުނި މެނޭޖްކުރުމާއި އަދި ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވާނެ އެވެ.
މިއީ ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ގައުމެއްގައި ނުހަނު މުހިންމު ކަމެކެވެ. ދެމެހެއްޓެނިވި ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެ ކުންފުނީގެ މެނޭޖްމަންޓުން ދެކޭގޮތުގައި އެ ކާމިޔާބީއަކީ ހަމައެކަނި ފެންވަރު ހިފެހެއްޓުމަށް ކުންފުނިން ކުރާ މަސައްކަތެއް ނޫނެވެ. ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރިކަމާއި ތިމާވެށި ހިމާޔަތްކުރުމަށް ދޭ އަހައްމިއްޔަތު ހަރުދަނާކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ދެކެ އެވެ.
ރާއްޖޭގެ މުޖުތަމައުއާއި ތިމާވެއްޓާ ގުޅުންހުރި ދާއިރާ ތަކުގައި މަސައްކަތްކުރާ ކުންފުންޏެއްގެހައިސިއްޔަތުނ،ް ޒިންމާދާރުކަމާއެކު ކުރިއެރުން ހޯދުމަކީ އެންމެ އިސް އަމާޒު ކަމަށް ފެޑޯއިން ބުންޏެވެ.
މި ސެޓިފިކެޓްތަކުގެ ސަބަބުން ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތައް އެ ކުންފުނީގައި ހިންގުމުގެ ތެރޭގައި ގާއިމްކޮށް ދެމެހެއްޓުމަކީ މި ސެޓިފިކޭޝަންތަކުގެ ތެރެއިން ކުންފުނިން އެންމެ އިސްކަންދޭ ކަމެއް ކަމަށް ފެޑޯއިން ބުންޏެވެ.
ފެޑޯ ޕްރައިވެޓް ލިމިޓެޑަކީ އިމާރާތްކުރުމާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުންޏެކެވެ. އުމްރާނީ މަސައްކަތްތަކުގައި ރާއްޖޭގެ ތަފާތު އެކި ކަންކޮޅުތަކުގައި އެ ކުންފުނިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ ކުންފުނީގެ އަމާޒަކީ ހަރުދަނާ ހިންގުމާއި ދެމެހެއްޓެނިވި އުސޫލުތަކުގެ މަތިން ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް ފެޑޯ އިން ބުންޏެވެ.
ޑޮމެސްޓިކް ދަތުރުތައް ކުރީގެ ޓާމިނަލަށް ބަދަލުކުރަނީ
މައިމުޅަވުމުން ވެސް ތަރިކައިން ގޯތި ލިބޭ ގޮތް ހަދަން އިސްލާހެއް
ފަސިންޖަރުން އުފުލުމުގައި ޓީއެމްއޭ އިން ރެކޯޑެއް