ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓުތަކާ ގުޅިގެން ހުށަހެޅިފައިވާ އެކި މައްސަލަތަކުގެ ތެރެއިން، ހުއްދަނެތި ކުއްޔަށް ދޫކުރުމުގެ 11 މައްސަލައެއް އެ ކޯޕަރޭޝަނުން ބަލަން ފަށައިފި އެވެ. އަދި ގަވާއިދާ ހިލާފުވި އެކި މައްސަލަތަކުގައި މިހާތަނަށް 4 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް އެފްޑީސީން ވަނީ ބުނެފަ އެވެ.
އެފްޑީސީން ބަލަހައްޓަމުން ގެންދާ 4000 ހައުސިން ޔުނިޓާ ގުޅިގެން ޖުމްލަ 44 މައްސަލައެއް އެ ކޯޕަރޭޝަނަށް ހުށަހެޅިފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ފްލެޓުތައް ލިބުނު ފަރާތްތަކުން އެހެން މީހުންނަށް ކުއްޔަށް ދިނުމުގެ މައްސަލަ އެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތައް ކުއްޔަށް ދިނުމަކީ މަނާކަމަކަށް ވާއިރު، އެފަދަ 11 މައްސަލައެއްގެ ތެރެއިން މިހާރު ވެސް އެއް ފަރާތެއް ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި އިތުރު 2 ފަރާތަކަށް ނޯޓިސް ފޮނުވާފައިވާއިރު، ބާކީ 8 މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.
މީގެ އިތުރުން، އިމާރާތުގެ ސްޓްރަކްޗާ އަށާއި އެތެރޭގެ ޑިޒައިނަށް ހުއްދައެއް ނެތި ބަދަލު ގެނައުމުގެ 27 މައްސަލައެއް ވެސް އެފްޑީސީން އަންނަނީ ބަލަމުންނެވެ. މި މައްސަލަތަކުގެ ތެރެއިން އެއް ފަރާތެއް ޖޫރިމަނާކޮށް، އެއް ފަރާތަކަށް ނޯޓިސް ދީފައިވާއިރު، 25 މައްސަލައެއް އަދިވެސް ދަނީ ބަލަމުންނެވެ.
އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ކުނި އެޅުމުގެ މައްސަލަތަކާ ގުޅިގެން 3 ޝަކުވާއެއް ބަލައި، އެއް ފަރާތެއް ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި އަންގާ އެންގުންތަކަށް ބޯނުލެނބުމުގެ 2 މައްސަލައަކާއި، އަޑުގަދަކުރުމުގެ މައްސަލައެއް ވެސް ބަލަމުންދާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެ އެވެ.
ފްލެޓުތަކުގެ ކުލި ދެއްކުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 3405 ޔުނިޓަކުން ގަވާއިދުން މަހުން މަހަށް ކުލި ދައްކަމުން އަންނަ ކަމަށް އެފްޑީސީން ބުނެ އެވެ. ނަމަވެސް، 509 ޔުނިޓަކުން އަދިވެސް ދައްކަންޖެހޭ ކުލި ނުދައްކާ ހުރިކަން އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.
ނިމިދިޔަ އަހަރުވެސް ކައްދޫ އެއާޕޯޓަށް 29.5 މިލިއަންގެ ގެއްލުމެއް
"އިންތިހާބު ފަސްކުރީ ވޯޓު އޮޅުވާލަން އުޅޭކަމުގެ ޝަކުވާ ލިބިގެން"
ހައިކޯޓުގެ ފަނޑިޔާރު މާހިރު ރިޓަޔާ ކުރައްވައިފި
އެފްޑީސީގެ ޓަވަރުތަކުގައި ރައްކާތެރިކަން ވަރުގަދަކުރަނީ
ކުނި އަޅާ މީހުން ހޯދަން އަމާން ޓަވަރުތަކުގައި ކެމެރާ ހަރުކޮށްފި
ފަހި ފުލެޓެއް ކުއްޔަށް ދޫކުރި އެކަކު ޖޫރިމަނާކޮށްފި