މަޝްހޫރު ހޮލީވުޑް އެކްޓްރެސް އެން ހެތަވޭ، ކުރިއަށް އޮތް އެކެޑެމީ އެވޯޑްސް (އޮސްކާ)ގައި "ބެސްޓް ސަޕޯޓިންގް އެކްޓްރެސް" (އެންމެ މޮޅު ސަޕޯޓިންގް އެކްޓްރެސް) ކެޓަގަރީއަށް ކެމްޕޭން ކުރާނެކަން ޔުނިވާސަލް ޕިކްޗާސްއިން އިއުލާންކޮށްފި އެވެ.
އޭނާ މި ކެޓަގަރީއަށް ކުރިމަތިލަނީ މަޝްހޫރު ޑައިރެކްޓަރު ކްރިސްޓޮފާ ނޯލަންގެ އެންމެ ފަހުގެ ފިލްމު "ދަ އޮޑިސީ" ގައި "ޕެނެލޯޕީ"ގެ ރޯލުން ދައްކުވައިދިން މޮޅު އެކްޓިންއަށެވެ.
މި އިއުލާނާއެކު، ހެތަވޭ ވާދަ ކުރާނީ އެންމެ މޮޅު އެކްޓްރެސް (ލީޑް) ކެޓަގަރީގައިތޯ ނުވަތަ ސަޕޯޓިންގް ކެޓަގަރީގައިތޯ އުފެދިފައިވާ ބޮޑު ބަހުސަށް ވަނީ ނިމުމެއް އައިސްފަ އެވެ. މިއާއެކު މި ފިލްމުގެ މައިގަނޑު މެއިން ލީޑް އެކްޓަރެއްގެ ގޮތުގައި ފެންނާނީ މެޓް ޑޭމަން އެކަންޏެވެ.
މި ކެޓަގަރީގައި ހެތަވޭގެ އިތުރުން "ދަ އޮޑިސީ" ގައި "ސާސީ" ގެ ރޯލު ކުޅެ ބޮޑު ތަރުހީބެއް ހޯދި ސަމާންތާ މޯޓަންވެސް ވާދަ ކުރާނެ އެވެ. މިއާއެކު، އޮސްކާގެ ތާރީހުގައި އެއް ފިލްމަކުން ސަޕޯޓިންގް އެކްޓްރެސް ކެޓަގަރީއަށް ދެ އެކްޓްރެސުން ނޮމިނޭޓްވުމުގެ ފުރުސަތު ޔުނިވާސަލްއަށް ވަނީ ހުޅުވިފަ އެވެ.
އެން ހެތަވޭ ވަނީ މީގެ ކުރިން 2012 ވަނަ އަހަރު ނުކުމެ ބޮޑު މަގުބޫލުކަމެއް ހޯދި "ލެ މިޒެރާބްލް" ފިލްމުގައި "ފަންޓީން" ގެ ރޯލުން އެންމެ މޮޅު ސަޕޯޓިންގް އެކްޓްރެސްގެ އޮސްކާ އެވޯޑު ހާސިލުކޮށްފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.6 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދައިގެން "ދަ އޮޑިސީ" ވެފައިވަނީ ޔުނިވާސަލް ޕިކްޗާސްގެ ތާރީހުގައިވެސް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ.
މިއީ ކުޑަ އަވަށަކުން އުފަންވި ބޮޑު ހުވަފެނެއް: ކާތިކް
ދިގު އަދި ދުޅަހެޔޮ އުމުރަކަށް ދިރިއުޅުމުގެ މުހިއްމު 5 އަސާސް!