އެމެރިކާއިން އީރާނަށް އިތުރު ހަމަލާއެއް ދީފިނަމަ، ސަރަހައްދުގައި ހުރި އެމެރިކާއާ ގުޅުންހުރި ޑޭޓާ ސެންޓަރުތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މަރުކަޒުތަކުގެ އިތުރުން ޓެކްނޮލޮޖީގެ އެހެނިހެން އިންފްރާސްޓްރަކްޗާތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު އީރާނުގެ ސަލާމަތީ ކަންކަމާބެހޭ އިސްވެރިޔާ މުހްސިން ރިޒާއީ ދެއްވައިފި އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ، ޕްރެސް ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރިޒާއީ ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އަލުން ހަމަނުޖެހުންތައް އުފެދިއްޖެނަމަ، ސަރަހައްދުގައި ހުރި އެމެރިކާއާ ގުޅުންހުރި 2 ޓްރިލިއަން ޑޮލަރަށްވުރެ އަގުބޮޑު ޓެކްނޮލޮޖީ ވަސީލަތްތަކަށް ނުރައްކާ ކުރިމަތިވާނެ ކަމަށެވެ.
"މި ސަރަހައްދުގައިވާ އެމެރިކާގެ އިގްތިސާދުގެ ވިންދު ހުރީ އަހަރެމެންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި،" މެދުއިރުމަތީގެ އެކި ހިސާބުތަކުގައި ޑޭޓާ ސެންޓަރުތަކާއި އާޓިފިޝަލް އިންޓެލިޖެންސް މަރުކަޒުތަކަށް އެމެރިކާއިން ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.
"މި ތަންތަނަކީ އަދި އަހަރެމެން ހަމަލާދޭން ކަނޑައަޅާފައިވާ ތަންތަނުގެ ތެރޭގައި ހިމެނޭ ތަންތަނެއް ނޫން. ނަމަވެސް ހަނގުރާމައެއް ފެށިއްޖެނަމަ، މިފަދަ ގިނަ ކޭބަލްތަކާއި، ޑޭޓާ ސެންޓަރުތަކާއި، އާޓިފިޝަލް އިންޓެލިޖެންސް ވަސީލަތްތަކުގެ އިތުރުން އެހެނިހެން ގިނަ ތަންތަން ސުންނާފަތިކޮށްލެވޭނެ" ރިޒާއީ އިތުރަށް އިންޒާރު ދެއްވި އެވެ.
އީރާނުން އުޅެނީ އިންތިހާބަށް ތެލުގެ އަގު އުފުލަން: ޓްރަމްޕް
އުމުރުން 52 އަހަރުގައި ކަރިސްމާގެ ޒުވާންކަމުގެ ސިއްރަކީ ކޮބާ؟
ފާމަސީއެއް ހުސްކުރަން އަމުރު ނުދިން މައްސަލަ ބޭރުކޮށްލައިފި
