ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއުގެ ދަށުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ހިންގާ މަޝްރޫއުގެ ދިފާއުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަން ފެއްޓެވުމުން، އިދިކޮޅު އެމްޑީޕީގެ އެތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދި ހަމަނުޖެހުން ބޮޑުވެއްޖެ އެވެ.
މި މައްސަލައިގައި އެމްޑީޕީގެ އެތެރޭގައި ހިޔާލުތަފާތުވުން ބޮޑުވެ، އެ ޕާޓީގެ ޤައުމީ މަޖިލިސް މެންބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕުގައި ރޭގެ ވަގުތެއްގައި ވަނީ ވަރަށް ހޫނު ބަހުސްތަކެއް ހިނގާފަ އެވެ.
އެ ބަހުސްތަކުގެ ތެރޭގައި ރައީސް ނަޝީދު ވަނީ އީގަލް ހިލްސްގެ ޕްރޮޖެކްޓަށް ފާޅުގައި ތާއީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީން އިތުރަށް އެ ކުންފުންޏާ ދެކޮޅަށް އެއްވެސް ވާހަކައެއް ނުދެއްކުމަށާއި ފާޑުނުކިޔުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.
ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، އީގަލް ހިލްސްއާ ދެކޮޅަށް ވާހަކަ ދެއްކުމަކީ އެމްޑީޕީއަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި އޭގެ މައިގަނޑު ސަބަބަކީ ޔޫއޭއީ އަކީ އަބަދުވެސް އެމްޑީޕީއާ ގާތް ގުޅުމެއް އޮންނަ ޤައުމަކަށް ވުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން މި ހަދާގޮތުން ޔޫއޭއީ ޕީއެންސީއަށް ދެވުނީ،" ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވެ އެވެ.
މި މައްސަލައިގައި ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުން އިންތިހާއަށް ބޮޑުވެފައިވާއިރު، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ މެންބަރުން ދަނީ ރަސްމާލެ މަޝްރޫއު މައްސަލައިގައި ގައުމީ މަޖިލީހުގެ ރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ގޮވާލަމުންނެވެ. ނަމަވެސް، ރައީސް ނަޝީދު ގެންދަވަނީ ފާޅުކަން ބޮޑު ގޮތެއްގައި އެފަދަ ބައްދަލުވުމެއް ބޭއްވުމާ ދެކޮޅު ހައްދަވަމުންނެވެ.
ކުރީގެ ނަންބަރު ކަމަށް ބުނެ އޮޅުވާލާ ސްކޭމްތައް އިތުރުވަނީ
މާދަމާއިން ފެށިގެން އާންމު އުސޫލުން ގޭސް ދޫކުރަން ފަށަނީ
ރަސްމާލެ ހިއްކި މަގްސަދަކީ ދިވެހިން އެންމެހާ ރައްޔިތުންނަށް އެތަނުން ބިން އެކަކު ވެސް ބާކީ ނުކޮށްދޭން އަދި އެތަނުން ވެލިފުކެއް ވެސް ބޭރު ބަޔަކަށް ނުދޭން މުއިއްޒު ވަނީ ވައުދު ވެފައޭ މިހާރު ވައުދާއި ޚިލާފުވެ އީގަލްސް ހިލްސް އަށް 500 ހެކްޓަރުގެ ބިން ހިލޭ ދިން އިރު ތަމެންނަށް ވޯޓް ދީގެން ވެރިކަމަށް ގެނައި ދިވެހިން ގުދާރުގައި ފައިކޮޅުން ޖަހާ ބޭރުކޮށްލަނީ ނޫންތޭ ފޯރމްލިތާ 6 މަސް ބަޚަބަރު އިވޭލުއޭޝަން ވެސް ވަނީ އޮޅާލާ އަލައްބާރަށް ހިލޭ ރަސްމާލެ ދީފައޭ..
ރިސޯރޓް ތަކުން ނޭ ޓީޖީއެސްޓީ އާއި އަދި ޑޮލަރު މާރުކުރަމުން ދަނީ އެއީއޭ ސަރުކާރަށް އެންމެ މުހިއްމު ވާން ޖެހޭނެ މީހުންނަކީ އަލައްބާރަށް ހިލޭ ދިން 500 ހެކްޓަރުގެ ބިން ރިސޯރޓް އޯނަރުންނާއި މާލޭ ވިޔާފާރިވެރިންނަށް ވިއްކަން ސަރުކާރުން އެބިންތައް ބީލަމަށްލާތާ 10 ދުވަސް ތެރޭ 500 ހެކްޓަރުގެ ބިން ބިމެއް 20 މިލިއަން ޑޮލަރަށް އެމެން ގަންނާނެއޭ މީނޫންތޭ ރައްޔިތުން ހޮވާފައިވާ ސަރުކާރު ތަކުން ކަންކުރަން ޖެހޭނެ ގޮތަކީ މިއާއި ދިމާ އިދިކީލަ އަށް ސަރުކާރުން ހިލޭ ބިން ދިނީ އެއީ ކެނެރީގެ ނަޝީދަށް 200 މިލިއަން ޑޮލަރު
ރަސްމާލެ ތަރައްގީ ކޮށްގެން ރިސޯރޓް ތަކުން ލިބޭ ޓީޖީއެސްޓީގެ 8 ގުނަ އިތުރުވާން ޖެހޭނެ އެއްވެސް ސަބަބެއް ނެތޭ 8800 ޕްރޮޕަރޓީގައި އުޅޭނީ ޓީޖީއެސްޓީ ދައްކާ ޓޫރިސްޓުން ނޫނޭ އެތަނުގައި އުޅޭނީ ރެސިޑެންޝަލް ވިސާ ނަގައިގެން އުޅޭ މީހުންނޭ އެމެން ނުޖެހޭނެއޭ ޓީޖީއެސްޓީ ދައްކަން އެމެން ޓީޖީއެސްޓީ ދައްކަން ޖެހޭނަމަ އެ ޕްރޮޕަރޓީ ތައް އެމެން ނުގަންނާނެއޭ ބަދަލުގައި ދާނީ ރިސޯރޓް ތަކަށޭ ރެސިޑެންސް ވިސާ ނަގާ މީހުން ބޭނުންވާނީ ކުޑަ ޚަރަދަކުން ދިރިއުޅުމަށޭ ދިމާނުވޭ ކެނެރީގެ ނަޝީދަށާއި މުއިއްޒު އަށާއި މުއްތޮލިބު
ރަސްމާލޭން ހިލޭ 500 ހެކްޓަރުގެ ބިން ވިއްކިނަމަ ޓީޖީއެސްޓީގެ 100 ގުނަ އިތުރަށް ފައިސާ ލިބޭނެއޭ ކޮންމެ ހެކްޓަރެއް 20 މިލިއަން ޑޮލަރަށް ވިއްކިނަމަވެސް 1 ބިިލިއަން ޑޮލަރު ލިބޭނެ ކަން ޔަގީނޭ އެހެންނަމަ އިންޑިއާ އަށް ދައްކަން ޖެހޭ ލޯން ވެސް ފަސްނުކޮށް ދައްކާ ޚަލާސްކޮށް އަދި އަންނަ އަހަރު ދައްކަން ޖެހޭ ހުރިހާ ލޯނަކާއި ދެން އަންނަ އަހަރު ދައްކަން ޖެހޭ ލޯން ވެސް މިއަހަރު ދައްކާލެވޭނެ ނޫންތޭ ސަރުކާރުން ހިސާބު އިލްމް ބޭނުންކުރަނީ އިދިކީލަ އަށް އޮޅުވާލަން މަސައްކަތް ކުރާ ކަން ފާހަގަވޭ ކިހާ ވަރެއްގެ ކަޓެއް