މަޝްހޫރު ކޭޕޮޕް ބޭންޑެއް ކަމަށްވާ ބީޓީއެސްއިން އެންމެ ފަހުން ނެރުނު ލަވަ ކަމަށްވާ ބަޓާއިން ޔޫ ޓިއުބު އާއި ސްޕޮޓިފައިގައި ދުނިޔޭގެ ފަސް ރެކޯޑެއް މުގުރާލައިފި އެވެ.

މި މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރި ބަޓާ ވަނީ ހަތަރު ދުވަހުގެ ތެރޭގައި ޔޫ ޓިއުބުގެ 3.9 މިލިއަށް ވިއުސް ހޯދާފަ އެވެ.

އެއާއެކު އެ ލަވައިން ވަނީ މުޅި ޔޫ ޓިއުބުގައި ލަވައެއްގެ ވީޑިއޯ ޕްރިމިއާ އެއް އެންމެ ގިނަ އަދަދެއްގެ މީހުން އެއްފަހަރާ ބެލި ރެކޯޑް ވެސް މުގުރާލާފަ އެވެ.

މީގެ ކުރިން މި ރިކޯޑް އޮތީވެސް ހަމަ އެ ބޭންޑްގެ " ޑައިނަމައިޓް" ލަވަ އަށެވެ. އެ ލަވައަށް ވަނީ ޔޫ ޓިއުބްގައި ތިން މިލިއަން ވިއުސް ލިބިފަ އެވެ.

މީގެ އިތުރުން ބަޓާއިން ވަނީ ރިލީޒް ކުރިތާ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ވިއުސް ލިބުނު ލަވައިގެ ރެކޯޑް ވެސް ހޯދާފަ އެވެ. ފުރަތަމަ 24 ގަޑި އިރުގެ ތެރޭގައި އެ ލަވަ އަށް ވަނީ އެއް މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފަ އެވެ.

https://youtu.be/WMweEpGlu_U

ޔޫ ޓިއުބުގެ އިތުރން އެ ލަވައިން ވަނީ ސްޕޮޓިފައިގެ ދެ ރެކޯޑެއް ވެސް ހޯދާފަ އެވެ. އެގޮތުން 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ސްޓްރީމްކުރި ލަވައިގެ އިތުރުން މިހާތަނަށް ސްޕޮޓިފައިގައި އެންމެ ގިނައިން ސްޓްރީމްކުރި ލަވައިގެ ރެކޯޑް ވެސް ބަޓާއިން ވަނީ ހޯދާފަ އެވެ.

ދިވެހި ޒުވާނުންގެ މެދުގައި ވެސް މަގުބޫލް ބީޓީއެސްގެ ލަވަތަކަކީ މިއުޒިކު ޕްލެޓްފޯމްތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ލަވަ ތަކެކެވެ.