ދުނިޔޭގެ ގިނަ އުފެއްދުންތަކަކީ "އޮޅިގެން" އުފެއްދިފައި ހުންނަ އުފެއްދުންތަކެވެ. މިފަދަ ތަކެތީގެ ލިސްޓަށް އެންމެ ފަހުން އިތުރުވެފައި މިވަނީ 400 ވަރަކަށް އަހަރު ވަންދެން ބޭނުންކުރެވޭނެ ރިޗާޖަބަލް ބެޓަރީ އެކެވެ.

ޔުނިވަސިޓީ އޮފް ކެލިފޯނިއާގައި ޕީއެޗްޑީއަށް ކިޔަވާ މިޔާ ލީ ތައި އައީ ކެމިސްޓްރީ ޑިޕާޓްމެންޓްގެ ވެރިޔާގެ ލެބޯޓަރީގައި ނެނޯވަޔާ ޓޭކްނޮލޮޖީގެ ތަހުލީލުތަކެއް ކުރަމުންނެވެ. މި ވަޔަރު ތަކަކީ ރިޗާޖް ކުރެވޭ ބެޓަރީ ހެދުމަށް ބޭނުންކުރެވިދާނެ ކުޑަ އަދި ކޮންޑަކްޓިވް ވަޔަރު ތަކެކެވެ.

ރިޗާޖަބްލް ބެޓަރީތަކުގައި މި ވަޔަރު ބޭނުންކުރުމުން ދިމާވާ މައްސަލައަކީ ވަކި ވަރަކަށް ޗާޖިން ސައިކަލް ހަމަވުމުން އެ އެއްޗެހި ހަލާކުވާނެ ފެށުމެވެ.

ލެބުގައި މަސައްކަތް ކުރަމުން އެއްދުވަހު މަޔާ ނިންމީ މި ނެނޯ ވަޔަރުތަކުގެ ވަށައިގެންވާ ލިކުއިޑް އިލެކްޓްރޮލައިޓް، ޖެލް އިން ހަދާފައިވާ އިލެކްޓްރޮލައިޓްއަށް ބަދަލު ކުރުމަށެވެ. އެންމެނަށް ވެސް ހައިރާން ކަމެއް ލިބުނީ ވަޔަރުތަކަށް ގޮތެއް ނުވެ އެތައް ހާސް ފަހަރަކު ބެޓަރީ ޗާޖް ވުމުންނެވެ.

"އޭނާ މި ޖެލް ކެޕޭސިޓާސް ސައިކަލް ކުރަން ފެށުމުން އަހަރެމެންނަށް ލިބުނީ ހައިރާން ކަމެއް، ބެޓަރީ ޗާޖްވުމުގެ އެތައް ހާސް ސައިކަލް އެއް މަސް ދުވަސް ފަހުން އައިސް ބެލި އިރުވެސް ކުރިއަށްދޭ،" ޕެނާ ވިދާޅުވި އެވެ.

އާންމުކޮށް މިހުންނަ ލެޕްޓޮޕް ތަކުގެ ބެޓަރީ ލައިފް އަކީ 300-500 ސައިކަލް އެވެ. މި އާ އުފެއްދުމުގެ ސަބަބުން ލެޕްޓޮޕް، ފޯނު އަދި ލިތިއަމް-އަޔޮން ބެޓަރީތައް ގިނަ ދުވަސްތަކެއް ވަންދެން ގެންގުޅެވޭނެ އެވެ.