އިންސާނާގެ ވިސްނުން ތޫނުކަން އެންމެ ވަރުގަދަ ވަނީ އުމުރުން 35 އަހަރުގައި ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
މިއުނިކްގައި ހުންނަ ލުޑްވިގް މެކްސިމިލިއަން ޔުނިވަސިޓީގެ ދިރާސާވެރިންތަކެއް ވަނީ އުމުރަށް އަންނަ ބަދަލާއި އެކު ވިސްނުމަށް އަންނަ ބަދަލު ދިރާސާކުރުމަށް މި ފާއިތުވެދިޔަ 130 އަހަރުގެ ތެރޭގައި ކުޅެވުުނު އެތައް ހާސް ރާޒުވާ ގޭމުތަކެއް ދިރާާސާކޮށްފަ އެވެ.
އިންސާނާގެ އުމުރަށް އަންނަ ބަދަލުތަކާއި އެކު ސިކުނޑި މަސައްކަތްކުރާ ގޮތް ބެލި އިރު އެމީހުންނަށް ފެނިފައި ވަނީ "ހަމްޕް" އެއްގެ ބައްޓަމަށް ހުރި ކާވް އެކެވެ. ދިރާސާވެރިންގެ ޓީމުން ބުނިގޮތުގައި އިންސާނާގެ ވިސްނުންތޫނު ކަން އުމުރުން 20 އަހަރާއި ހަމައަށް އިތުރުވަމުން ގޮސް 35 އަހަރުގައި އޭގެ އެންމެ އުހަށްދެ އެވެ. އެއަށް ފަހު އުމުރުން 45 އަހަރުން ފެށިގެން ދަށަށް ދާން ފަށަ އެެވެ.
ދިރާސާވެރިންގެ މި ޓީމުން ބުނިގޮތުގައި ފާއިތުވެ މިދިޔަ 125 އަހަރުގައި އިންސާނުންގެ ރާޒުވާ ކުޅުމުގެ ހުނަރަށް ބަލާއިރު ޖުމްލަ ގޮތެއްގައި އިންސާނުންގެ ވިސްނުންތޫނު ކަން އިތުރުވެފައިވާ ކަން ފާހަގަކުރެވެ އެވެ.
ކުށް ސާބިތު ނުވަނީސް މުދާ ނެގޭނީ ހައިކޯޓް މެދުވެރިކޮށް: ފަޒާދު
ވިލިނގިލީ އެއާޕޯޓް އަޅަން ނޮވެމްބަރުގައި ފަށާނެ: އަމީން
ޑަބްލިއުއެޗްއޯ ތަފާސް ހިސާބު: މިއީ އެންމެ ހާސްކަން ބޮޑު ޖީލު!
