ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާންގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކޮށްފައިވާއިރު އެމައްސަލައާ ގުޅިގެން ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ އާ ހަތަރު ފަހަރު ސުވާލުކޮށްފި އެވެ.

އެންސީބީން މިހާރު ކުރިއަށް ގެންދާ އަރިއަނާ ގުޅިގެން ހުރި މަސްތުވާތަކެތީގެ ކޭހާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަނަންޔާއާ ހަތަރު ފަހަރު ސުވާލުކޮށްފަ އެވެ. އަދި މިމައްސަލައާ ގުޅިގެން އޭނާގެ ފޯނާއި ލެޕްޓޮޕް ވެސް ވަނީ އެންސީބީގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަނަންޔާ އާއި އެންސީބީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ޝައްކުކުރެވޭ ޓްރާންސެކްޝަންތަކާއި ގުޅިގެން ކަމަށް ވެއެވެ. މީގެ ކުރީ ފަހަރުތަކުގައި އޭނާ ވަނީ ވަޓްސް އެޕުން އާރިޔާން އާއި ދައްކާފައި ހުރި ވާހަކަތަކަކީ ވެސް މަޖާކަމަށާއި އަދި ވީޑަކީ މަސްތުވާ އެއްޗެއްކަމެއް ނޭނގޭކަމަށް ވެސް ބުނެފަ އެވެ.

ނަމަވެސް މިހާރު ހަބަރުތައް ބުނާގޮތުން އިއްޔެ އޭނާ ވަނީ މަސްތުވާތަކެތި އާރިޔާންއަށް ސަޕްލައި ކޮށްދޭ މީހަކު އެނގޭކަމަށް ބުނެފަ އެވެ.

އަނަންޔާ އާ އެންސީބީން ވަނީ ޑްރަގު ސަޕްލައި ކުރާ ގޮތުން ފެށިގެން ޑްރަގު ޑީލްތައް ހަދާ ދުވަސްވަރާ ބެހޭ ގޮތުން ވެސް ސުވާލުކޮށްފައިވާ ކަމަށްވެ އެވެ.

https://www.instagram.com/p/CVIRaP9t_9b/

އެންސީބީގެ ބެލުމުގެ ދަށަށް އާރްޔަން މިމަހުގެ ދެ ވަނަ ދުވަހު ގެނެވިފައިވަނީ މުމްބައީ ބޭރުގައި އޮތް ކްރުޒް ޝިޕެއްގައި ޕާޓީ ކުރަނިކޮށެވެ. އާރިޔަން އާއެކު އަށް މީހަކު ވަނީ މި މައްސަލައިގައި ހައްޔަރުކޮށްފަ އެވެ.

އާރިޔާންގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް ވެސް ދަންމާލާފައިވާއިރު މިހާރު މިމަހުގެ 30ގެ ނިޔަލަށް އަނެއްކާ ވެސް ވަނީ ބަންދުގެ މުއްދަތު އިތުރު ކޮށްފަ އެވެ.

މިމައްސަލާގައި އަނަންޔާ އެންސީބީ ސުވާލުކުރަން ފެށުމާއި ގުޅުގެން އޭނާއަށް ހުށަހަޅާފައިވާ ފިލްމެއް މިހާރު ނުދިނުމަށް ނިންމާފައިވާ ކަމަށް މީޑިއާގައި ވަނީ ރިޕޯޓް ކޮށްފަ އެވެ. އެގޮތުން އަނަންޔާ ގެއްލިފައިވަނީ މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭގެ 66 ވަނަ ފިލްމެވެ.

2019 ވަނަ އަހަރު "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން އެކްޓިން އަށް ނުކުތް ބަތަލާ އަނަންޔާ މިހާރުވެސް ދެ ފިލްމެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ ޝޫޓިން ނިންމާފައި އޮތް ކަރަން ޖޯހަރް ޕްރޮޑިއުސް ކޮށްފައިވާ ތުރިލާއަކާއި ޝޫޓިން އަދި ނުނިމޭ ކަރަން ޕްރޮޑިއުސްކުރާ "ލައިގާ" އެވެ.