ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަން އިން "އެ ސީރީޒް" ގެ ނަމުގައި ވެބް ސީރީޒްތަކެއް ގެނެސްދިނުމަށް ނިންމައިފި އެވެ.

އެގޮތުން "އެ ސީރީޒް" ގެ ނަމުގައި އެންމެ ފުރަތަމަ ގެނެސްދިނުމަށް ހަމަޖެހިފައިވާ ޗެޕްޓަރަކީ "ބޭބީ" އެވެ. އެގޮތުން މިހާރު "ބޭބީ"ގެ ޓީޒާ ދައްކާލާފައިވާއިރު މި ސީރީޒްއިންވެސް ޝައުގުވެރިކަންތައްތަކެއް ފެނިގެންދާނެ ކަމަށް ގަބޫލުކުރެވެ އެވެ.

"ބޭބީ" ގައި މުހިންމު ރޯލުތަކުން ފެނިގެންދާނީ ކުޅަދާނަ އެކްޓަރު އިބްރާހިމް ޖިހާދު (ޖިމީ) އާއި މުޅީން އަލަށް ތައާރަފު ކުރާ އިބްރާހިމް ޔައީޝް އަދި އައިމިނަތު ޝުހާ އެވެ. މީގެ އިތުރުން މުހައްމަދު އަފްރާހުވެސް ފެނިގެންދާނެ އެވެ.

https://www.youtube.com/watch?v=XvcP9Z0Krt8

ދެވަނަ ޗެޕްޓަރުގެ ނަމަކީ "ފޯން ކޯލް" އެވެ. ތިންވަނަ ޗެޕްޓަރު "އާޓިސްޓް" ނަމުގައި ގެނެސްދޭއިރު ހަތަރުވަނަ ޗެޕްޓަރު ގެނެސްދޭނީ "ސާވަންޓް" ނަމުގަ އެވެ.

ފަސްވަނަ ޗެޕްޓަރު "ލިފްޓް" ނަމުގައި ގެނެސްދޭން ނިންމާފައިވާއިރު ހަވަނަ ޗެޕްޓަރަކީ "ޝެޑޯ" އެވެ. އަދި ހަތްވަނަ ޗެޕްޓަރު "ބެސްޓް ފްރެންޑް" ގެ ނަމުގައެވެ. ފަހު އެޕިސޯޑް ގެނެސްދޭނީ "ބެލް" މި ނަމުގަ އެވެ.

އެހެން ނަމަވެސް މިސީރީޒްތައް ދެއްކުމަށް ހަމަޖެހިފައިވާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އަދި ދައްކާނެ ޕްލެޓްފޯމެއްވެސް އިއުލާނުކޮށްފައެއް ނުވެ އެވެ.