ރާއްޖޭގެ އެންމެ ކުޅަދާނަ ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ)އަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ އެވެ.

ސުނީއަށް ލިބިފައި ވަނީ "އޭޝިއާސް އައުޓްސްޓޭންޑިން ވުމެންޑް އެޗީވާ އެވޯޑް"ގެ ޝަރަފުވެރި އެވޯޑެވެ. މިއެވޯޑް ސުނީ ސްޕެޝަލް ޕްރޮޑަކްޝަނަށް ލިބިފައި ވަނީ "އޭޝިއާސް އައުޓްސްޓޭންޑިން ވުމަން އެޗީވާ އެވޯޑު 2020/2021" އެވެ.

ސުނީއަކީ ރާއްޖޭގައި މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ ގިނަ ދުވަސްވަންދެން ހަރަކާތްތެރިވި އެއް ފަންނާނެވެ. އަދި އަމިއްލަ ބެރޭންޑެއް ކަމަށްވާ ސުނީ ސްޕެޝަލް ޕްރޮޑަކްޝަން އުފައްދައި ކާށިތެލާއި ކާތަކެތި ވިއްކުމުގެ ވިޔަފާރި އޭނާ ދަނީ ވަރަށް ފުޅާދާއިރާއެއްގައި ކުރަމުންނެވެ.

https://www.instagram.com/p/CXLMQ-LhrAi/

ސުނީއަކީ ރާއްޖޭގައި ބާއްވާ އެކި ހަފްލާތަކުގައި އެންމެ ޑިމާންޑް ބޮޑު ފަންނާނެވެ. ހާއްސަކޮށް އީދާއި، ހިތާނީ ޝޯ އާއި އާ އަހަރުގެ ޝޯތައް ފަޅުފިލުވާލަން ސުނީ ވަރެއް ނެތެވެ.

https://www.instagram.com/p/CXLMmjxh-Pt/

ރާއްޖޭގެ މަޝްހޫރު އެއް ކޮރިއޯގްރާފަރުން ތެރޭގައި ހިމެނޭ ސުނީއަކީ އެތައް ވީޑިއޯ ލަވައެއް އާއްމުންނާ ހަމައަށް ގެނެސްދީ އޭނާގެ އަމިއްލަ އަލްބަމެއް ނެރެފައިވާ ފަންނާނެކެވެ.