އެމެރިކާގެ ރިޔާސީ އިންތިހާބުގައި ފުރަތަމަ ސްޓޭޓް ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑެން ކާމިޔާބުކޮށްފި އެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި އެންމެ ފުރަތަމަ ނަތީޖާ އިއުލާންކޮށްފައި ވަނީ ވަމާންޓްގެ އެވެ. މި ސްޓޭޓް ކާމިޔާބުކުރުމުން ބައިޑެންއަށް ތިން އިލެކްޓޯރަލް ވޯޓު ވެސް ކާމިޔާބުކުރެވުނީ އެވެ.

ކުރީގެ ނައިބު ރައީސް ކާމިޔާބުކުރެއްވި ވަމާންޓްގެ ސެނެޓްގެ ގޮނޑި ފުރުއްވަމުން ގެންދަވަނީ ޑިމޮކްރެޓިކް ޕްރެސިޑެންޝަލް ޕްރައިމަރީގައި ވާދަކުރެއްވި ބާނީ ސެންޑާސް އެވެ. މީގެ އިތުރުން އިންޑިއާނާ ސްޓޭޓް ވެސް ބައިޑެން ކާމިޔާބުކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވާޖީނިއާ ސްޓޭޓް ކާމިޔާބުކޮށްފާނެ ކަމަށް ލަފާކުރެ އެވެ.

އެެމެރިކާގެ ރިޔާސީ އިންތިހާބުގައި އިއްޔެ މީހަކު ވޯޓުލަނީ. ފޮޓޯ: އޭޕީ

އެމެރިކާގެ އިންތިހާބުގައި މިހާރު އަންނަނީ ވޯޓުލުމުގެ ގަޑި ހަމަވުމުން ސްޓޭޝަންތައް ބަންދުކުރަމުންނެވެ. ނަމަވެސް ޓްރަމްޕާއި ބައިޑެން ގެންދަވަނީ ވޯޓުލުން ނިމެންދެން ކިއުގައި މަޑުކުރަން އާއްމުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެއީ ވަގުތު ހަމަވިޔަސް ކިޔޫގައި ތިބޭ މީހުންނަށް ވޯޓުލުމުގެ ފުރުސަތު އޮންނާނެތީ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމޭ ސްޓޭޓްތަކުގެ ނަތީޖާ މިހާރު އަންނަނީ އިއުލާންކުރަމުންނެވެ.

މިހާތަނަށް ނަތީޖާ ދައްކާ ގޮތުން ބައިޑެން އުޅުއްވަނީ 85 އިލެކްޓޯރަލް ވޯޓާއެކު ރޭހުގެ އެންމެ ކުރީގަ އެވެ. ރައީސް ޓްރަމްޕަށް ކާމިޔާބުކުރެވުނީ 66 އިލެކްޓޯރަލް ވޯޓެވެ.