މާލެއިން ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ގެއްލިގެން ހޯދަމުގެ މަސައްކަތް ކުރަމުން އަންނަނީ ޅ. ނައިފަރު، ޑޭޒީހިޔާ، އަހުމަދު ވިއާމް (23އ) އެވެ.
ވީނުވީއެއް ނޭނގި ގެއްލިގެން ވިއާމްގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގަ އެވެ. ފުލުހުންނަށް މިކަން ރިޕޯޓްކުރުމާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ މީހާ ހޯދިފައެއް ނުވެ އެވެ.
އަހުމަދު ވިއާމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކުރައްވައި އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ނައިފަރު ޕޮލިސްގެ ނަންބަރު 9792187 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ވަނީ އެދިފަ އެވެ.
މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން އެއްބާރުލުން ލިބެމުންދާ ކަން ފުލުހުން ފާހަގަކޮށްފައިވެ އެވެ.
ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކުނުކުރުމަށް އިލްތިމާސްކޮށްފި
"މާސްޓާސް ޓީޗަރުންގެ މުސާރަ ކުޑަކުރީ އެމްޑީޕީ ސަރުކާރުން"
"އަލްފާ"އާއެކު އާލިއާ ބޮލީވުޑްގެ އެންމެ އުހަށް!