ކޫރިއާ ޕެކޭޖެއް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި އެއް ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މައުލޫމާތު ދެއްވި ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު އެވެ. އެގޮތުން، ކޫރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ޕެކޭޖް ވަނީ އިތުރަށް ޗެކްކޮށްފަ އެވެ.
އެއާޕޯޓުގައި އެ ޕެކޭޖް އިތުރަށް ބަލައިފާސްކުރިއިރު ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި އެއް ކިލޯ ހުރި ކަމަށާއި، މި ތަކެއްޗަކީ އާންމުކޮށް 'ޕާޓީ ޑްރަގް' ގެ ގޮތުގައި ބޭނުންކުރާ ބާވަތުގެ މަސްތުވާތަކެތި ކަމަށް ކަސްޓަމްސް އިން ވަނީ ހާމަކޮށްފަ އެވެ.
މީގެ އިތުރުން، މިދިޔަ ހަފުތާގެ ހުކުރު ދުވަހު ވެސް ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު މިފަދަ ޕާޓީ ޑްރަގްސްތަކެއް ކަސްޓަމްސް އިން ވަނީ އަތުލައިގެންފަ އެވެ. އެ ފަހަރު އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ދެ ކިލޯ ހުއްޓެވެ.
ފަހަކަށް އައިސް ޕޯސްޓާއި ކޫރިއާ ސާވިސްތައް މެދުވެރިކޮށް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅޭ މައްސަލަތައް އިތުރުވަމުން އަންނައިރު، މިފަދަ ތަކެތި ހުއްޓުވުމަށް ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެމެރިކާއިން އީރާނުގެ ބައެއް އަމާޒުތަކަށް ހަމަލާތަކެއް ދީފި
ފުލް-ފެޓް ކިރު: ސިއްހަތަށް ފައިދާހުރި އެެއްޗެއްތަ؟
ޅައިމަގަށް ނަގޫރޯޅިއެއް އަރައި 22 ގެއަކަށް ގެއްލުންވެއްޖެ